މާލޭގެ ގަލޮޅު އަވަށުގައި ހުންނަ ވީބީ މާޓް ފިހާރައިން 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ބަދަލުކޮށްފި އެވެ.

ވީބީ މާޓްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހޫދު ހަސަން ހަލީލް "ވަގުތު" އަށް ވިދާޅުވީ ވީބީއިން ގަލޮޅުގައި ހުޅުވާފައިވާ ފިހާރައިން މިހާރު ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. ކޮންމެ ގަޑިއަކުވެސް ކަސްޓަމަރުންނަށް އެ ފިހާރައިން ބޭނުންވާ ސާމާނު މިހާރު ގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް ރާއްޖެ ގެނެސް ވިއްކާ ވީބީ ބްރަދާސްގެ ހޯލްސޭލް ފިހާރައެއް ވަރަށް ފަހުން ވަނީ ހދ.ކުޅުދުއްފުށީގައި ވެސް ހުޅުވާފަ އެވެ.

އޭގެ އިތުރުން ވީބީގެ ހޯލްސޭލް ފިހާރަތައް ހުންނަނީ މާލޭ މާރުކޭޓު ސަރަހައްދުގައި އާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގައެވެ. މީގެ އިތުރުން، ރީޓެއިލް މުދާ ވިއްކުމަށް މާލޭގައި ދެ މާޓެއް ވެސް ހިންގަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ވީބީން ރާއްޖެ އެތެރެކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި ޖޯންސަން އެންޑް ޖޯންސަން، ގާނިއާ، ލޯރިއަލް، ކެލޮގްސް އަދި މާސް ކުންފުނީގެ ދަށުން ނެރޭ ޗޮކްލެޓު ބްރޭންޑުތައް ހިމެނެ އެވެ. މީގެ އިތުރުން ވެސް ތަފާތު ގިނަ ބްރޭންޑުތަކެއްގެ މުދާ އެ ކުންފުނިން ރާއްޖެ އެތެރެކޮށް މާކެޓުކުރެ އެވެ.

ވީބީގެ ހޮޓްލައިން ނަމްބަރަކީ 3305511 އެވެ. އަދި ވައިބާ ނަމްބަރަކީ 7977332 އެވެ.