އުމުރުން ދުވަސްވީ ފަސިންޖަރަކަށް ވީލްޗެއާގެ އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ އިިންޑިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އެއާ އިންޑިއާ 30 ލައްކަ ރުޕީސް (132،883) އިން ޖޫރިމަނާ ކޮށްފިއެވެ.

އުމުރުން 80 އަހަރުގެ ފަސިންޖަރު ވެއްޓި މަރުވީ މަތިންދާބޯޓުން މުމްބާއީ އެއާޕޯޓުގެ ޓާމިނަލަށް ހިނގާފައި ދަނިކޮށެވެ.

މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުން އައި އެއާ އިންޑިއާގެ ފްލައިޓް އޭއައި-116 ގައެވެ.

ޕަޓޭލް ވަނީ އޭނާގެ 76 އަހަރުގެ އަނބިކަނބަލުން ނަރްމަދާބެން ޕަޓޭލްއާ އެކު އެހީއަށް ދެ ފުރޮޅުލީ ގޮނޑި ބުކްކޮށްފައެވެ. ނަމަވެސް ބޯޓުން ފައިބައިގެން ދިޔައިރު ލިބުނީ އެންމެ ފުރޮޅުލީ ގޮނޑިއެެކެވެ. ޕަޓޭލް އަށް ހިނގާފައި ދާން ޖެހުނީ އޭނާގެ އަނބިކަނބަލުންނަށް ވީލްޗެއާ ދިނުމަށް ފަހުއެވެ.

ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)ގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ބެލުމަށްފަހު އެއާ އިންޑިއާއަށް ޝޯކޯޒް ނޯޓިސް ފޮނުވާފައި ވަނީ ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ ކަމަށެވެ.

އެހެންކަމުން، ސިވިލް އޭވިއޭޝަން ރިކުއަމަންޓް (ސީއޭއާރް) ގަވާއިދުގެ މާއްދާތަކާ ހިލާފުވެގެން އެއާ އިންޑިއާ އިން އެއާކްރާފްޓް ގަވާއިދުގެ، 1937 ގައިވާ ގޮތުގެ މަތިން 30 ލައްކަ ރުޕީސްގެ މާލީ ޖޫރިމަނާއެއް ކުރީ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު ދަތުރުކުރާއިރު ނުވަތަ މަތިންދާބޯޓުން ފައިބާއިރު އެހީތެރިކަން ބޭނުންވާ ފަސިންޖަރުންނަށް އެކަށީގެންވާ އަދަދަކަށް ވީލްޗެއާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ އެއާލައިންތަކަކަށް ވަނީ އިލްތިމާސްކޮށްފައެވެ.