ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 32،623 އަށް އަރައިފިއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 32،623 އަށް އަރާފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ވެސް 75،092 މީހުން ވަނީ ޒަހަމްވެފައެވެ.

އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 71 މީހުން ޝަހީދުވެ، 112 މީހުން ޒަޚަމްވެފައިވާ ކަަމަށްވެސް ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އެހެން ނަމަވެސް ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވެފައި ވުމަކީ ވަރަށް ފުރުސަތު ބޮޑު ކަމެކެވެ. އެގޮތުން ހާލުގައި ޖެހުނު އެތައް ބަޔަކު އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު ތިބިއިރު، ރެސްކިއު ޓީމްތަކަށް އެމީހުންނާ ހަމައަށް އަދި ދެވޭ ގޮތް ވަނީ ނުވެފައެވެ. މީގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އެތައް ތަނެއް ވަނީ ސުންނާފަތިވެފައެވެ. ޣައްޒާގެ އެތައް ރައްޔިތުން ވަރަށް ހާލުގައި އުޅެމުންދާއިރު، ބަނޑުހައި ހޫނު ކަމުގައި އުޅެމުންދާ އެތައް ހާސް ބަޔަކު އެބަތިއްބެއެވެ. އަދި ބަނޑުހައި ހޫނު ކަމުގައި ދުނިޔެ ދޫކުރަމުންދާ މީހުންގެ އަދަދު މަދެއް ނޫނެވެ.