ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޒަހަމްވާ ފަރާތްތަކަށް ފަރުވާދެމުން އަައި އެގައުމުގެ ޑޮކްޓަރަކު ފްރާންސަށް އެތެރެވުން މަނާކޮށްފިއެވެ.

ޣައްޒާން އަބޫ-ސިއްތާއަކީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އަނިޔާވި މީހުންނަށް 43 ދުވަސް ވަންދެން ޣައްޒާގައި ފަރުވާދެމުން އައި ޑޮކްޓަރެކެވެ. ފްރާންސްގައި އޮތް ސެނެޓް ބައްދަލުވުމަކަށް އޭނާ އެގައުމަށް ދިއުމުން އެތެރެވުން މަނާކޮށްފައިވާކަން ހާމަކޮށްފައިވަނީ ވެސް އޭނާއެވެ.

އެގޮތުން "އެކްސް"ގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ހުރީ ޕެރިސްގެ މައި އެއާޕޯޓް ކަމަށްވާ ޗާލްސް ދެ ގައުލް އެއާޕޯޓުގައި ކަމަށާއި އެތަނުން އޭނާ ފްރާންސަށް އެރުވުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެއާޕޯޓުގައި އޭނާ ހިފަހައްޓައި ބައިންދާފައި ހުރީ ފްރާންސަށް އެތެރެ ނުވެވޭނެ މީހުންނަށް ހާއްސަ ސަރަހައްދެއްގައެވެ.

ފްރާންސްގެ ސެނެޓު މެމްބަރެއް ކަމަށްވާ ރޭމޮންޑޭ ޕޮންސޭ މޮންގް ބުނެފައިވަނީ އޭނާ އެގައުމުން ފޮނުވާލާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އޭނާ ބައިވެރިވެފައިވަނީ އޮންލައިންކޮށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އަބޫ ސިއްތާ ބުނެފައިވާ ގޮތުގައި އޭނާ ފްރާންސަށް އެރުން މަނާކޮށްފައިވަނީ ޖަރުމަންވިލާތުން އޭނާ މަނާކޮށްފައިވާތީއެވެ. އެގޮތުން އޭނާ ބުނީ، ޖަރުމަަނުން އެއް އަހަރު ދުވަހަށް އޭނާ ވިލާތުގެ ގައުމުތަކަށް އެރުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ހާސްކަނޑާލާ އަހަރުމެން ދިވެހިން މިހާރު އިޒްރޭލުގެ އެއްވެސް ރައްޔިތަކު ދިވެހިރާއްޖެއަށް އައުން ވަނީ މަނާ ކޮއްފަ!