އަނިޔާވެފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިންގެ މީހަކު މަރާލާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް ޖަމާއަތުގެ ޤައްސާމް ބްރިގޭޑްސްއިން ބުނެފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ތެލް އަލް ޒަތާރު އަވަށުގައި ހިނގަމުންދިޔަ ކުރިމަތިލުމުގައި އޭނާއަށް އަނިޔާވެފައިވަނިކޮށެވެ.

އެ ބްރިގޭޑުން ބުނި ގޮތުގައި އިސްރާއީލް ސިފައިންނާއި ހިނގަމުން އަންނަ ކުރިމަތިލުންތަކުގެ ތެރެއިން އެއް ކުރިމަތިލުމެއްގައި އެމީހުންގެ ހަނގުރާމަވެރިން ވަނީ އިސްރާއީލް ސިފައިން ގެއަކަށް ވަދެ އުޅެނިކޮށް ރޮކެޓް ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް އަތު ބޮން ބޭނުން ކޮށްގެން ފަސް ސިފައިންގެ މީހަކަށް ހަމަލާދީ، އެމީހުން މަރާލާފައިވާ ކަމަށް ވެސް އެ ބްރިގޭޑުން ވަނީ ބުނެފައެވެ. އެ ހަމަލާދީފައިވަނީ އޮމަރް ބިން އަލް-ޚައްތާން މިސްކިތް ކައިރީގައެވެ.

މީގެ އިތުރުން ވެސް ޣައްޒާގެ ހުޅަނގު ދެކުނުގައި ހިންގަމުން އައި އިސްރާއީލުގެ އަސްކަރިއްޔާގެ ހެޑް ކުއާޓާސްއަށް ވެސް ހަމަލާދީ ސުންނާފަތި ކޮށްލާފައިވާ ކަމަށް އެ ބްރިގޭޑުން ވަނީ ބުނެފައެވެ.

ހަމާސްގެ މި ހަމަލާގައި މިހާތަނަށް 7 ވަރަކަށް ސިފައިން މަރާލާފައިވާ ކަމަށް ބުނެފައިވާއިރު، ނިރުބަވެރިން މިހާތަނަށް މިކަމާއި ގުޅިގެން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.