މެއި 28ގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނޯވޭއިންވެސް ނިންމާފައިވާކަން މިއަދު އިއުލާން ކޮށްފިއެވެ.

،މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރު ސްޓޯރުން ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް އެގައުމުން ބަލައިގަންނާނެ ކަމަށެވެ.

ސްޓޯރުން ވިދާޅުވިގޮތުގައި ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސުލްހަ އާއި ހަމަޖެހުން ހޯދުމަކީ ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަމެއް ކަން ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ "ސިޔާސީ ގޮތުން އެއްބައިވަންތަ" އަދި ފަލަސްތީނު އޮތޯރިޓީގެ ފަރާތުން އުފެދޭ ދައުލަތެއް ހާސިލްކުރުމެވެ.

ސްޓޯރުން ވިދާޅުވިގޮތުގައި ދެ ދައުލަތުގެ ހައްލަކީ އިޒްރޭލުގެ މަސްލަހަތު އޮތް ކަމެއް ކަމަށް ނޯވޭ އިން ގަބޫލު ކުރެއެވެ.

އަދި ނޯވޭގެ މި ފިޔަވަޅަށް ވަރަށް އަވަހަށް އަމަލު ކުރާނެ ކަން އިއުލާންކޮށް އޭނާ ވިދާޅުވި އެ ގައުމުން އިން ފަލަސްތީނުގެ ދައުލަތެއް މެއި މަހުގެ 28 ވަނަ ދުވަހު ބަލައިގަންނާނެ ކަމަށެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާތު އީޑޭ ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުން ނިންމި ނިންމުމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އޭނާ ވިދާޅުވާ ގޮތުގައި އިސްރާއީލާއި ފަލަސްތީނަށް ވެސް ސުލްހަ ގާއިމުކުރުމަށް އޮތް ހަމައެކަނި މަގަކީ ދެ ދައުލަތުގެ ހައްލެކެވެ.

ފަލަސްތީނުގެ ދައުލަތް 140 ގައުމަކުން ބަލައިގެންފައިވާ ކަމަށް ދާދި ފަހުން އދ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި އދގެ 22 ގައުމު ހިމެނޭ އަރަބި ޖަމާއަތާއި 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިތުރުން 120 މެމްބަރުން ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްގެ މެމްބަރުން ހިމެނެއެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އަކީ ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިނުގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.