ފްރާންސުގައި މިއަދު ބާއްވަން ނިންމި އޮލިމްޕިކް ޓޯޗް އިވެންޓަކަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމަނިން ބުނީ މިއަދު ބާއްވަން އޮތް ބޯޑައު އިވެންޓަށް ހަމަލާދޭން ރާވާފައިވާ ކަމަށާއި އެމީހާ ހައްޔަރު ކުރެވުނު ކަމަށެވެ. އަދި ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ދުރާލައި އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހަމަލާ ދޭން ރޭވި މީހާ ހައްޔަރުކޮށް، އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަލާދޭން ރޭވި މީހާ ހައްޔަރުކުރެވުނު ނަމަވެސް އެމީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމަކު އޭނާ އަކީ ކުރިން ވެސް ގަތުލުއާންމުގެ ރެކޯޑް އޮތް މީހެއް ކަމަށް ބުނެފައިވެއެވެ.

އެގައުމުގެ ޕީޖީން ބުނީ އުމުރުން 20 އަހަރުގެ އެމީހާގެ ގާތްތިމާގެ މީހުން ބުނާގޮތުން އޭނާއަކީ ނަފްސާނީ ގޮތުން ބަލި މީހެއް ކަމަށެވެ. ތަހުގީގު ކުރާ ފަރާތްތަކަށް އެމީހާ އެނގުނީ މީގެ 10 އަހަރު ކުރިން ކެލިފޯނިއާގައި ހިނގި މަރުގެ ހާދިސާއާ ބެހޭ ގޮތުން ލިޔެފައިވާ ޕޯސްޓެއްގެ ސަބަބުންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ޖުލައި މަހު ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ އޮލިމްޕިކްސް އަށް ފްރާންސުން އަންނަނީ އެންމެ ފަހުގެ ތައްތާރީތައް ވަމުންނެވެ. އަދި މި ބޮޑު ކުޅިވަރު އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ފްރާންސަށް ދާނެތީ މުބާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

މި އަހަރުގެ އޮލިމްޕިކްސް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.