އެމެރިކާއަށް މިހާރު އަރާފައިވާ މައިކަލް ނަމަކަށް ކިޔާ ތޫފާން އަރާ އެޤައުމުގެ ފްލޮރިޑާގެ ގޮނޑުދޮށެއް ކަމުގައިވާ "މެކްސިކޯ" ބީޗް މުޅިން ސުންނާފަތި ކޮށްލައިފިއެވެ.

އެެމެރިކާގެ ފެޑްރަލް އެމަޖެންސީ މެނޭޖްމެންޓް އެޖެންސީގެ ހެޓް ބްރޮކް ލޯންގް މި ގޮނޑުދޮށުގެ ހާލަތު ސިފަކުރަމުން ބުނެފައިވަނީ، މެކްސިކޯ ބީޗްއެއް ނެތް ކަމަށެވެ.

އަންގާރަ ދުވަހު އަރާފައިވާ ތޫފާން މައިކަލް މެކްސިކޯއަށް އަރާ ބޮޑެތި ގެއްލުތަކެއް ދީފައިވާއިރު ކެޓަގަރީ 4 ގެ މިތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި 155 މޭލަށް ވައިގަދަ ވެފައިވެއެވެ.

ބީބީސީއަށް މައުލޫމާތު ދެމުން މެކްސިކޯ ބީޗް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތެއް ކަމަށްވާ ސްކޮޓް ބުނެފައިވަނީ މިތޫފާނަކީ އޭނާގެ ޙަޔާތުގައި ފެނުނު އެންމެ ވަރުގަދަ އެއް ތޫފާން ކަމަށާއި ގެތަށް ވަޔާ ދާ މަންޒަރު ބަލަށް ކެތް ނުވާ ކަމެވެ.

"ފުރަތަމަ އައި ރޯޅި އާއެކުވެސް ކާރުތައްވެސް މައްޗަށް އެރި. ދެން ހަމަ ވައިގަދަވެގެންގޮސް ގެތަށް ނަގާ އެއްލާލަނީ." މެކްސިކޯ ބީޗްގައި އިއްޔެ ހުރެ ސްކޮޓް ދިން އިންޓަރވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

ތޫފާނުގައި ގެއްލުން ލިބިފައިވާ މެކްސިކޯ ބީޗް ސަރަހައްދު

މިތޫފާނުގެ މިހާތަނަށް ދެ މީހަކު މަރުވެފައިވާ ކަން ކަށަވަރުވެފައިވާއިރު، އިތުރު ބަޔަކު ތޫފާނުގެ ސަބަބުން މަރުވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި މިތޫފާނުގެ ސަބަބުން 350,000 ގެޔަކުންވަނީ ކަރަންޓްގެ ޚިދުމަތް ކަނޑައިގެން ގޮސްފައެވެ.

މިތޫފާނު މިހާރު ދަތުރު ކުރަމުންދަނީ ފްރޮރިޑާ އަދި ޖޯޖިޔާގެ ހުނޅަގުދެކުނަށެވެ. މިތޫފާނުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އަދިވެސް ނަގޫރޯޅި އަދި ގަދަޔަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާތީ، ސަލާމަތްވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިރުޝާދު ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕްރައިވެޓް

    ތީ އެމެރިކާ ކުޅޭ ޑްރާމާ

  2. ޢަހުމަދު

    ހަލާކު ކުރައްވާށި....

    • ހިއްޗަޅޭ

      އާމީން

  3. ޢަލް

    ޢާމީން