މެއި މަހުގެ 6 ވަނަ ދުވަހު ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގައި ތޫފާނެއް އުފެދިދާނެ ކަަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނެފިއެވެ.

އައިއެމްޑީއިން މިހެން ބުނެފައި މިވަނީ އެމެރިކާގެ މޫސުމާ ބެހޭ މޮޑެލް ގްލޯބަލް ފޯކާސްޓް ސިސްޓަމް (ޖީއެފްއެސް) އާއި ޔޫރަޕިއަން ސެންޓާ ފޯ މީޑިއަމް ރޭންޖް ވެދާ ފޯކާސްޓްސް (އީސީއެމްޑަބްލިއުއެފް) އިން ބޭ އޮފް ބެންގާލް ސަރަހައްދުގައި ތޫފާނެއް އުފެދިދާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އައިއެމްޑީގެ ޑިރެކްޓާ ޖެނެރަލް އޮފް މީޓިއޮރޮލޮޖީ މަރުތުންޖޭ މޮހާޕަތުރާ ވިދާޅުވީ،ބައެއް މޮޑެލްތަކުން ދައްކަނީ އެއީ ތޫފާނަކަށް ވާނެ ކަމަށް ކަަމށެވެ.

"އަޅުގަނޑުމެން ބަލަހައްޓަމުން މި ދަނީ. އަދާހަމަތައް ގަވާއިދުން ދެމުންގެންދާނެ".

ޕްރައިވެޓް ފޯކާސްޓިން އެޖެންސީއެއް ކަމަށްވާ ސްކައިމެޓް ވެދާ އިން ބުނާގޮތުގައި، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ކުއާޓަރުގައި ޓްރޮޕިކަލް ތޫފާނެއް އުފެދުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އޭޕްރީލް މަހު އިންޑިއާގެ ކަނޑުތަކަށް ތޫފާނެއް އައިސްފައި ނުވާ ކަމަށް ދައްކައެވެ. އަދި މިއީ އެ މަހުގައި އެ ސަރަހައްދަށް ތޫފާނެއް ނާންނަތާ ހަތަރު ވަނަ އަހަރެވެ.