ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ކެމްބޯޑިއާގެ ޖަންގައްޔެއްގެ ތެރެއިން ފެނިއްޖެ ކަމަށް ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

އިއާން ވިލްސަން ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ބުނާ ގޮތުން އޭނާ އަށް އެމްއެޗް 370 ފެނިފައި ވަނީ ގޫގްލް މެޕް ބޭނުން ކޮށްގެން ކުރި މަސައްކަތުންނެވެ.

"ގޫގްލް މެޕް ބޭނުން ކޮށްގެން އަހަރެންނަށް ފެނުނު ފްލައިޓްގެ ބޮޑުމިން ބެލުމުން ޔަގީނާއި ގާތައް ކަށަވަރުވާ ގޮތުގައި އެއީ އެމްއެޗް 370" ވިލްސަން ބުންޏެވެ.

އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް 8 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި 227 ފަސެންޖަރުންނާއި 12 ކްރޫ އިން ތިއްބެވެ.

މެލޭޝިއާގެ ވައިގެ ސަރަހައްދުން ނިކުމެ، ވިއެޓްނާމްގެ ވައިގެ ސަރަހައްދަށް ވަން ފަހުން ފްލައިޓްގެ އެއްވެސް ޚަބަރެއް ނުވެއެވެ.

އެމްއެޗް 370 ކެމްބޯޑިއާގެ ޖަންގައްޔެއްގެ ތެރޭގައި އެބައޮތް ކަމަށް ތަޖުރިބާކާރަކު ބުނި ނަމަވެސް ފްލައިޓް ހަލާކު ނުވެ ޖަންގައްޔެއްގެ ތެރެއަށް ޖެއްސޭނީ ކިހިނެއް ކަމަށް އޭނާ އަށް ބުނެދެވިފައެއް ނުވެއެވެ.

ފްލައިޓް އޮތް ކަމަށް ވިލްސަން ބުނާ ސަރަހައްދަކީ މީހުން ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ.

އެމްއެޗް 370 ގެއްލުނު ހާދިސާ އާއި ބެހޭ ގޮތުން މެލޭޝިއާ ސަރުކާރުން އާންމު ކުރި ތަޙްޤީޤީ ރިޕޯޓްގައި ވެސް ފްލައިޓަށް ވީގޮތެއް ބުނެފައެއް ނުވެއެވެ.

އެމްއެޗް 370 ހޯދަން މީގެ ކުރިން އިނޑިއާ ކަނޑުގެ އެތައް ލައްކަ އަކަ މޭލެއްގެ ސަރަހައްދެއް ބެލި ނަމަވެސް ފްލައިޓްގެ އެއްވެސް އަސަރެއް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔަގީން އެއީ އެފުލައިޓްކަން.

  2. ބަލަން ބޭނުން

    ލޮކޭޝަން ކޯޑިނެޓް ފޮނުވާބަލަ މަވެސް ބަލަން ބޭނުން

  3. ތިހެން ކިޔާފަ ކޮންމެ ކަމެއްވެސް ވަރިހަމަ ކޮށްލާ

  4. ކުޑަހުވަދޫ މީހުން މާކުރިން ހޯދައިފި