ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ ހަށިގަނޑު ދެއްކުމަށް ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް އެދިއްޖެއެވެ.

ހަދީޖާ މީޑިއާ އަށް މައުލޫމާތު ދެމުން ހަޝޯގީގެ ހަށިގަނޑަށްވީ ގޮތެއް ސައުދީގެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ އެވެ. ހަދީޖާ ވަނީ ހަޝޯގީގެ ހަށިގަނޑު ވީ ތަނަކާއި ބެހޭ މައުލޫމާތު ހާމަކުރުމަށް ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ކިބައިން އެދިފައެވެ.

އޭނާ ބުނީ މިއީ އިންސާނެއްގެ ހައިސިއްޔަތުންނާއި އިސްލާމެއްގެ ހައިސިއްޔަތުން ވެސް ކުރާ ޑިމާންޑެއް ކަމަށެވެ. ޚަދީޖާ ވަނީ ހަޝޯގީ މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަމަށް އޯޑަރު ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

ސައުދީ ސަރުކާރުން ބުނާ ގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 18 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ ސަރުކާރުގެ އިސް ފަސް ފަރާތެއްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައިކަން ސައުދީން ވަނީ ކަށަވަރު ކޮށްދީފައެވެ.

ސައުދީ ސަރުކާރުން ބުނީ ކޮންސިއުލޭޓްގައި ތިބި ބަޔަކާއި ޚަޝޯގީއާއި ދެމެދު ދެބަސްވުންތަކެއް ހިނގާ ތަޅާފޮޅުމެއް ހިނގިކަމަށާއި، ގޮއްމުށުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވާއިރު ޚަޝޯގީ މަރުވެފައިވަނީ މި ތަޅާފޮޅުންތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރުޒާނާ ޗޮއްޕަޓު

  ފްރީ އޭ؟ މަރާލާފަވާ މީހަކު "ފްރީ" ކުރެވޭތަ؟ މީ އެމްޑީޕީ މީހުން ކަހަލަ ބައެއް.

  • ނުބުނާނަން

   ކޮންމެ ތާކަށްވެސް ސިޔާސީ ލައްޗޭ އިނގޭ -_-

 2. އައްޑެ

  ފްރީ ރިލްވާން..