އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޓްރޭސާ މޭ ގެ އިތުބާރު ނެތް ކަމުގެ ވޯޓް މިރޭ ނަގަން ނިންމައިފިއެވެ.

އިގިރޭސި ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށައެޅީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި ނެގުމަށް ހަމަޖެއްސި ވޯޓު ބޮޑު ވަޒީރު ތެރޭސާ މޭ ފަސްކުރުމާއި ގުޅިގެންނެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރިސާ މޭ އިސްވެ މިދިޔަ މަހު ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ވަނީ ތާއީދުކޮށްފަ އެވެ.
ނަމަވެސް، އިނގިރޭސި ޕާލިމަންޓުގައި އެ އެއްބަސްވުމާއިމެދު ހިޔާލުތަފާތުވެފައިވާއިރު، ވޯޓު ފަސްކުރުމުން، މޭގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގިނަ މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ބޮޑު ވަޒީރު ތެރީސާ މޭ އާއި ދެކޮޅަށް މިހާތަށް 48 މެންބަރަކު ވަނީ އިންތުބާރު ނެތް ކަމަށް ސޮއިކޮއްފަައެވެ. ބޮޑު ވަޒީރު ތެރީސާ މޭ ގެ އިތުބާރު ނެތް ކަމުގެ ވޯޓު އިގިރޭސި ގާނޫން ހަދާ މަޖިލީހުގައި މިރެއަށް ވަނީ ތާވަލް ކުރެވިފައެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމާ ތެރީސާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ތެރީސާ އަކީ މާގަރެޓް ތެޗާ އަށް ފަހު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

ކުރިން ހޯމް ސެކްރެޓަރީގެ މަގާމުގައި ހުންނެއްވި ތެރީސާ ބޮޑު ވަޒީރު ކަމަށް އިންތިހާބު ވީ ކުރިން ބޮޑު ވަޒީރު ކަމުގައި ހުންނެއްވި ޑޭވިޑް ކެމަރަން އެމަގާނުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.