ޖަނަވަރީ މަހު 17 ވަނަ ދުވަހު އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ދުއްވަމުން ދިޔަ ކާރު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އިތުރު ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ޕިލިޕްސްގެ މައްޗަށް ދަޢުވާ ނުކުރަން ނިންމާފައެވެ.

މިހާރު އުމުރުން 97 އަހަރުގެ ޕްރިންސް ޕިލިޕްސްގެ މައްޗަށް ދަޢުވާ ނުކުރަން ނިންމާފައިވާއިރު، ޕިލިޕްސްވަނީމީގެ ކުރިން އޭނާގެ އެއްގަމު އުޅަދު ދުއްވުމުގެ ލައިސެންސް ފުލުހުންނާ ހަވާލުކޮށްފައެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ އޭނާ ދުއްވަމުން ދިޔަ ލޭންޑް ރޯވާ އެހެން ކާރެއް އޯވާޓޭކް ކުރުމުގެ ތެރޭގައެވެ. މިއެކްސިޑެންޓް ހިނގިއިރު ކާރުގައި 28 އަހަރުގެ އަންހެނަކާއި 45 އަހަރުގެ އަންހެނެއްގެ އިތުރުން 9 މަހުގެ ކުއްޖަކު ހުއްޓެވެ.

މިއެކްސިޑެންޓްގައި ޕަރިންސް ވިލިއަމްއަށް އަނިޔާވެފައިނުވާއިރު، އަނެއްކާރުގައި ތިބި ދެ އަންހެނުންނަށްވަނީ އެކި ވަރުގެ އަނިޔާލިބިފައެވެ. މިގޮތުން މީގެ ތެރެއިން އެކެއްގެ އަތްވަނީ ބިންދައިގެން ގޮސްފައެވެ.

ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) ގެ ޗީފް ކްރައުން ޕްރޮސެކިއުޓާ ކްރިސް ލޯންގް ވިދާޅުވީ މިމައްސަލައިގައި ޕްރިންސް ވިލިއަމްގެ މައްޗަށް ދަޢުވާ ކުރަން ނުފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ދަޢުވާ ކުރުމަކީ އިނގެރޭސި ވިލާތުގެ ރައްޔިތުންވެސް ބޭނުންވާނެ ކަމެއް ނޫން ކަމަށްވެސް ލޯންސް ވިދާލުވިއެެވެ.

ޕްރިންސް ޕްލިޕްސްވަނީ މިއެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް މަޢާފަށް އެދި ސިޓީއެއް ވެސް ފޮނުވާފައެވެ.