އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ބޭނުން ކުރާ ދެ ޖެޓް މިއަދު ވައިގެ ތެރޭގައި އެކްސިޑެންޓްވެ، ދެ ޖެޓް ވެސް ގޮވައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ވައިގެ ތެރޭގައި ދެޖެޓް އެކްސިޑެންޓްވީ މިހަފްތާގައި އޮންނަ އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ހާއްސަ ޝޯއަށް ޕްރެކްޓިސް ކުރަމުން ދަނިކޮށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ދެ ޖެޓްގައި ތިން ޕައިލެޓުން ތިއްބެވެ. ތިން މީހުން ވެސް ވަނީ ރައްކާތެރި ކަމާއި އެކު ވައިކުޑައިގައި ސަލާމަތް ވެފައެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ދެ ޖެޓް ވައިގެ ތެރޭގައި ޖެހިގެން ހިނގި އެކްސިޑެންޓާއި ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން ވެސް އަދި އެހެން އިދާރާއަކުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވައިގެ ދަތުރުފަތުރުގެ ޝޯވ ބާއްވަން އިންޑިއާ އިން ނިންމާފައި ވަނީ ބެންގަލޫރުގައެވެ. މިޝޯ މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ޝޯވ ކުރިއަށް ދާނެއެވެ.

މިއަދު ހިނގި އެކްސިޑެންޓާއި ގުޅިގެން ޝޯވއަށް އެއްވެސް ބަދަލެއް އައި ކަމެއް އަދި މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ.

މިއަދު އިންޑިއާ އަސްކަރިއްޔާގެ ދެޖެޓް އެކްސިޑެންޓްވި އިރު މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއެއްގައި 40 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލާފައެވެ. އަދި އިއްޔެ ހަނގުރާމަވެރިންނާއި ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި އިންޑިއާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖިންނި

    އަލްޙަމްދުލިﷲ !

    24
    5
  2. ޖަހާންގީރު

    ޕާކިސްތާނުގެ ބޮލުގަ އަޅުވާ ތި ކަންތައް ވެސް

    23
    4
  3. ގަބުރޭ

    ތިދޭއްޗާއި 90 ސިފައިން މިކޮޅަށް ފޮނުވާލަ ދީ މަރާމާތައް ފަހުު ހަދިޔާކުރާނަން

    14
    2
  4. Anonymous

    الحمد لله، الحمد لله الحمد لله. الله اكبر.

    17
    2
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އުފާވެރި ހަބަރެއް..

    12
    2
  6. ކަލޯ

    އާމީން. މާތް ﷲ އިރާދަ ކުރެއްވިއްޔާ އެމް ޑީ ޕީ އަށާއި އިންޑިޔާއަށް ދެރަ ނިކަމެތިގޮތް މިންވަރު ކުރައްވާށި!!

    7
    2
  7. މުހައްމަދު ސިއްދީޤް ބިން މޫސާ ޝަފީގް ބިން މުހައްމަދު

    އިންޑިއާ ހެހޭހޭ.... މިއީ ގައުމެއްތަ؟ ނޫނީ ރެފިއުޖީ ކޭންޕެއްތައް؟ ވަރަށް ކިބުރުވެރި ކަމާއި އެކު "އިންޑިއަން ސަބްކޮންޓިނެންޓް" އޭ ކިިޔާނެ، އެކަމު މިއި އެވެސް ފެންވަރެއް ނެތް ތާނގައި އުޅުމެއްވެސް ހުރި ބައެއް ނޫން. އިންޑިއާ ސިފައިންނަށް ހަމަ އެކަނި ދަސްވެފައި ވާ ކަމަކީ ކާ އެއްޗިސައް ޗާޖު ކުރުން. އެއީ އެބައި މީހުންގެ ފަހުރުވެރި ސަގާފަތެއް. ޕްރޮފެޝަނަލިޒަމް ގެ ކަންފުޅެއް ވެސް މިބައި މީހުންގެ ނުހުއްނާނެ. ބޯ ހަލާކު! މާތް ރަސްކަލާންގެ ހިންދޫއިން އެބައި މީހުގެ މުންކަރާތް ތަކުގައި ލަހައްޓަވައި، އެކަމުގައި އެބައިމީހުން ނެތިކުރައް ވާނދޭވެ. އާމީން.

  8. ދިވެހިވިސްނުން

    މުސްލިމުނަށް އަނިޔާކުރާމީހުން ނިކަމެތިކުރައްވާށި! ޢާމީން.