ސޯމާލިޔާގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕްކޮށް މަރާލި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލާ އެގައުމުގެ އެތައް ބަޔަކު މަގުމައްޗަށް ނުކުމެއްޖެއެވެ.

ސޯމާލިޔާގެ ޕުޓްލޭންޑްގެ ގަލްކޯޔާ އަވަށުގެ އަންހެން ކުއްޖެއް ކަމަށްވާ އައިޝާ އިލްޔާސް ރޭޕް ކުރުމަށް ކިޑްނެޕްކޮށްފައި ވަނީ މާރުކޭޓެއްގެ ތެރެއިންނެވެ. އެ އަންހެން ކުއްޖާގެ ހަށިގަނޑު އަނެއް ދުވަހު، މަރާލާފައި އޮތްވާ ފެނުނީ އަމިއްލަ ގޭގެ ދޮރުމަތިންނެވެ. ކުއްޖާގެ ގައިން ރޭޕްކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެކަމާ ގުޅިގެން ހަތަރު މީހާކު ހައްޔަރުވެސް ކޮށްފައިވާ އިރު، އެކަމާ ގުޅިގެން އެތައް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެފައެވެ. އާންމުކޮށް އެ ހިސާބުގަނޑުގައި މީހުން ރޭޕް ކުރާ މީހުންނަނސް ހައްގު އަދަބު ނުލިބޭ ކަމަށް އެގައުމުގެ ރައްޔިތުން ބުނަމުންދާ އިރު، ދާދިފަހުން ވަނީ ފަސް މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

އެ ހުކުމުގެ ސަބަބުން އުންމީދު އާވެފައިވާ ކަމަށްވެސް އެއްވެފައިވާ މީހުން ބުނެފައިވެއެވެ. އަޑު އުފުލާ ފަރާތްތަކުން ހާއްސަ ހޭޝްޓެގަކާއެކު މުޅި ސޯޝަލް މީޑިއާވެސް ގުގުމާލާފައިވާ އިރު، އެ ރޭޕް ކޭސް ވަނީ ދުނިޔޭގެ ސަމާލު ކަމަށްވެސް އައިސްފައެވެ.