ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލު ހަޝޯގީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި، ބޮޑު އަވަނަކަށް ލައިގެން ކަމަށް އަލް ޖަޒީރާއިން ބުނެފިއެވެ.

އަލް ޖަޒީރާގެ އިންވެސްޓިގޭޝަން ރިޕޯޓުން ހާމަކޮށްފައިވާ ގޮތުގައި ހަޝޯގީގެ ހަށިގަނޑު ކުދިކުދިކޮށްގެން ކަޅު ކޮތަޅުތަކަށް އަޅައިގެން ކޮންސިއުލޭޓް ތެރެއަށް ވައްދާ ނައްތާލީ އަވަނުގައެވެ. އަލްޖަޒީރާއިން ވަނީ ސައުދީ ކޮންސިއުލޭޓް ތެރޭގައި އަވަން ބެހެއްޓި މަސައްކަތު މީހަކާ އިންޓަވިއު ކޮށްފައެވެ.

އެ މީހާ ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭގައިވާ އަވަނަކީ ސައުދީގެ ވެރިން އަންގައިގެން ހެދި އަވަނެއް ކަމަށާއި، އެ އަވަނަކީ 1000 ޑިގްރީ ސެލްޝިއަސްއަށް ހޫނު ހިފަހައްޓާ އަވަނެއް ކަމަށެވެ.

ތުރުކީގެ އިންވެސްޓިގޭޓަރުން ބުނެފައި ވަނީ އަވަނު ތެރޭގައި ހަޝީގީގެ މަސްތައް ވިރުވުމަށްފަހު އެކަން ފޮރުވުމަށް ބައިވަރު ކުކުޅާއި، އެހެނިހެން އެއްގަމު މަސް ފިހެފައިވާ ކަމަށެވެ. އޭގެ އިތުރުން ތުރުކީގެ އިންވެސްޓިގޭޓަރުން ބުނެފައި ވަނީ ހަޝޯގީ އަވަނުގައި ނައްތާލާފައި ވަނީ ތިން ދުވަސް މަތިން ކަމަށާއި، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ފާރުން ހަޝޯގީގެ ލޭވެސް ފެނިފައިވާ ކަމަށެވެ.

ހަޝޯގީ މަރާލީ ސީދާ ވަލީއަހުދުގެ އެންގުމަށް ކަމަށް ސީއައިއޭގެ ތަހުގީގުން ވަނީ ދައްކާފައެވެ. އެ މައުލޫމާތުތައް އާންމުކޮށްފައިވަނީ، ސީއައިއޭގެ އޮފިޝަލަކު، ނަން ހާމަނުކޮށް ދުނިޔޭގެ ހަބަރުތައް ގެނެސްދޭ ނޫހެއްކަމުގައިވާ ސީއެންއެންއަށެވެ.

ނަމަވެސް ސައުދީ ސަރުކާރުން ބުނެފައިވަނީ ވަނީ ހަޝޯގީ މަރާލި މައްސަލައާއި ބެހޭ އެއްވެސް މައުލޫމާތެއް ވަލީއަހުދަށް އެނގިނުލައްވާ ކަމަށާއި ހަޝޯގީ މަރާލީ ސައުދީ ސަރުކާރުގެ ތެރެއިން ބައެއް މީހުން އަމިއްލައަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލާގައި ސައުދީން ވަނީ، ވަލީ އަހުދުގެ ބައެއް އަރިސް މީހުން ހިމެނޭހެން ހަޝޯގީ މަރާލަން ތުރުކީއަށް ދިޔަ 15 މީހުންގެ ޓީމުގައި ހިމެނޭ އެންމެން ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނާ

    ކުރިން ބުނި ބުރިބުރި ކޮށްފަ އެސިޑް ޖަހައިގެން ނައްތާލީ ކަމަށް އަލްޖަޒީރާއިން ކިޔައިފިއްޔާ އޯކޭދޯ ދެފަހަރު ދެގޮތަށް ކިޔަސް

    15
    1
  2. ނޫނޭ

    ތުރުކީގެ ކުރީގެ ވެރިރަށް އިސްތަންބޫލް..މިހާރުގެ ވެރިރަށް އަންކާރާ..އިސްލާހު ކޮށްލުން މުހިންމުދޯ!