ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި ކަން ނިއުޒިލޭންޑް ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކްރިސްޗާޗްގެ މިސްކިތްތަކުގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާތައް ދީފައި ވަނީ ހުކުރު ދުވަހު އަސްރު ނަމާދު ވަގުތު ގިނަ އަދަދެއްގެ ބަޔަކު މިސްކިތުގައި ތިއްބައެވެ.

މިސްކިތްތަކަށް ހަމަލާ ދިނުމުގައި ބައިވެރިވި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ. ނިއުޒިލޭންޑްގެ ބޮޑުވަޒީރު ދެންމެ ވިދާޅުވީ ހަމަލާ ދިނުމުގައި ނިއުޒިލޭންޑްގެ އެކަކު ބައިވެރިވެފައިވާ ކަން ކަށަވަރު ކުރެވޭ ކަމަށެވެ.

"ސްޓަފް" އިން ބުނާ ގޮތުގައި ހަމަލާ ދިނުމުގައި އޮސްޓްރޭލިއާ މީހަކު ވެސް ބައިވެރިވިއެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި އެކަކު ވަނީ ހަމަލާ ދިނުމަށް ފަހު ފޭސްބުކާއި ޔޫޓިއުބްގައި އޭނާ ހަމަލާ ދިން ސަރަހައްދުގެ ވީޑިއޯއެއް ލައިވް ކޮށްފައެވެ. އެވީޑިއޯތައް އެސައިޓްތަކުން މިހާރު ރީމޫވް ކޮށްފައި ވީނަމަވެސް ބައެއް ފަރާތްތަކުން ގެންދަނީ ވީޑިއޯ ރިމޫވް ކުރުމުގެ ކުރިން ސޭވް ކޮށް އިތުރަށް ވީޑިއޯ މިހާރު ފަތުރަމުންނެވެ.

ހާދިސާ ހިންގި ސަރަހައްދުގެ ވީޑިއޯތައް ނުފަތުރަން ނިއުޒިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވެއެވެ.

މިއަދު ހަމަލާ ދިން ކްރިސްޗާޗް ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސަރަހައްދެކެވެ. ނަމަވެސް މިހަމަލާގައި ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދިވެހިި

  އެއަކު ނުވާނެ ދިވެހިންނެއް. ދިވެހީން އެތަނަށް ގޮސް އުޅެނީ ވެސް މިސްކިތަށް ނާރާކަށްނު؟ ދެން އެހެން ކޮންކަމަކު؟

  18
  1
 2. ވެހި

  މިސްކިތަކަށް ދޭ ހަމަލާއެއް އަރާނީ ކިސްކިތަށް ގޮސްއުޅޭ ބަޔަކަށްތާ. ނާސިގެޔަކަށް ނައިޓްކްލަބަކަށް ދިން ހަމަލާއެއްނަމަ އެނގުނީހީ ތިޔަބުނާ މީހުންގެ ކިތަކަށް މީހުންކަން.

 3. .

  ދިވެއްސަކު މަރެއް ނުވާނެ. އެކަމުންވެސް އެނގުނީ ދިވެހިން އެގައުމުތަކަށް ގޮއްސަ މިސްކިތަށް ނުދާކަން.....އެންމެ ކރިންވެސް ދިވެއްސަކު ނުވާނެއޭ ހިތަށް އެރި...ބޭރު ތަންތާ އުޅޭ ދިވެހިން ލާދީނީ ނުވާންވީ ކިއްވެ..ރާއްޖޭގައި އުޅޭ ދިވެހިން ތެރޭ ދީން ގަބޫލުނުކުރާ މީހުން ގިނަވަނީ

 4. ދޮންބެ

  ދިވެހިން ބޭރަށް ގޮސް އުޅެނީ މިސްކިތް ތަކަކުނޫނޭ. ނައިޓް ކްލަބެއް ގޮއްވާލިނަމަ ދިވެހިންވެސް މަރުވީސް.

 5. ނުރަބޯ

  ޙަމަލައިގައި ބައިވެރިވާ އެންމެންނަކީވެސް ސިކުނޑީގެ މައްސަލައެއް ހުރި ބައެއް. އެހެންވީމާ ދަޢުވާއެއް ނުކުރާނެ.

 6. ޒަމާން

  ކޮބާ މިފަހަރު ދިނީ ޓެރަރިސްޓު ހަމަލާއަކަށް ނުވި ދޯ އެގޮތަކަށް ނުވެސް ފެނެ އެއައިނު ނާޅާއުޅެނިކޮށް ދޯ ލިޔެވުނީ