ގޮނޑުދޮށްތަކަށް ލައްގާފައި ހުންނަ ތަފާތު އެކި އެއްޗެހި މީސް މީޑިއާގައި ހިއްސާކޮށް އެއީ އޭލިއަންއެއް ކަމަށް ބުނެ ވާހަކަ ދައްކައެވެ. މިފަހަރުވެސް މި އޮތީ އޭގެ ވާހަކައެކެވެ.

ނިއުޒިލޭންޑްގެ ނޯތު އައިލެންޑްގެ އަންހެނަކަށް ފެނުނީ އާދަޔާ ހިލާފު ކަނޑުގެ ދިރުންތަކުން ފޮރުވިފައިވާ "އެލިއަން" ލޮގެއް ފެނިގެން އެ ވާހަކަތައް ދައްކަނީއެވެ. އެގޮތުން މެއި މަހުގެ ހަތް ވަނަ ދުވަހުހެ ހެނދުނު ކައިލީ މޯމަން ނަމަކަށް ކިޔާ މި އަންހެން މީހާ ބޭ އޮފް ޕްލެންޓީގެ ޕަޕަމޯއާ ބީޗުގައި ހިނގާފައި ދަނިކޮށް އޭގެ މައްޗަށް ފައިން އެރުނީއެވެ.

އޭނާ ބުނީ އޭތި ފެނުމުން އޭނާއަށް ހައިރާން ކަމެއް ލިބުނުއިރު، ވަރަށް ބޮޑަށް ފަކުރުވެސް ގަތް ކަމަށެވެ.

"އޭގައި ހުރި ފަނިފަކުސާގެ ހުންނަ ކަހަލަ ގޮތްތަކާއި، އޭގައި ހުރި ބޮލިތަކުގައި ދިރުންތަކެއް ހުރި،" މޯމަން ބުނެފައި ވެއެވެ.

އޭގެ ދިގުމިނުގައި 5 މީޓަރު ހުރިއިރު، އޭގައި ދިރުންތަކުން ފޮރުވިފައި ހުރި ކަމަށް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Anita Bethune (@mcanchka)

މިއާއި ގުޅޭގޮތުން ވާހަކަ ދެއްކި އަނީތާ ބެތޫނޭ ވެސް ބުނީ "އެލިއަން ކަހަލަ ސިފަ" ހުރި އެ އެއްޗާއި މެދު ޝައުގުވެރިކަން އުފެދިގެން، އެއީ ކޮން އެއްޗެއްކަން އޮޅުން ފިލުވަން މަސައްކަތް ކުރި ކަމަށެވެ.

މި ވީޑިއޯ އަށް ވަރަށް އަވަހަށް މީސް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެން ފެށުމުން ބަހުސެއް ފެށިއެވެ. ބައެއް މީހުން ބޭނުންވީ އެއީ "ގޫސެނެކް ބާނަކްލްސްތޯ" ބެލުމަށެވެ.

އޮކްލޭންޑް މިއުޒިއަމްގެ މެރިން އިންޓެބްރެޓެބްރޭޓް ކިއުރޭޓަރ ވިލްމާ ބްލޮމް ވިދާޅުވި ގޮތުގައި އެއީ "ލެޕާސް އެނަޓިފެރާ" އަށް ވެދާނެއެވެ.