ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 49 އަށް އަރައިފި ކަން ނިއުޒިލޭންޑް ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ.
ނިއުޒިލެންޑްގެ ފުލުހުން ބުނެފައިވަނީ، މިހަމަލާއާ ގުޅިގެން 3 ފިރިހެނުންނާއި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެެވެ. ނަމަވެސް މީގެ ތެރެއިން އެކަކުގެ މައްޗަށް މިހާރު ދަޢުވާ ކުރަންވަނީ ފޮނުވާފައެވެ.
އެޤައުމުގެ ފުލުހުން ހައްޔަރު ކުރި މީހުންނާއި ދައުވާ އުފުލި މީހުންގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އޮސްޓްރޭލިޔާއަށް ނިސްބަތްވާ ބައެއް ކަމަށްވަނީ ހާމަކޮށްފައިއެވެ.
ހަމަލާ ދިނުމުގައި ބައިވެރިވި އެކަކު ވަނީ ހަމަލާ ދިނުމަށް ފަހު ފޭސްބުކާއި ޔޫޓިއުބްގައި އޭނާ ހަމަލާ ދިން ސަރަހައްދުގެ ވީޑިއޯއެއް ލައިވް ކޮށްފައެވެ. އެވީޑިއޯތައް އެސައިޓްތަކުން މިހާރު ރީމޫވް ކޮށްފައެވެ.
ހަމަލާ ދިން މީހުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ސާބަހާއި އައްސަރިބަސް ރައްދު ކުރަން ބޭނުން.
ކީއްވެ ޑިސްލައިކް ދެނީ؟ ސަރުކާރުން ނުލާހިކު ތާއީދު ކުރާނެ ކަމެއް ނޫންތަ އެއީ؟ ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ނޫންތަ؟
މިފަދަ ހިތާމަވެރި ހަމަލާތަކަކީ ވ.ގިނައިން އިސްލާމުންނަށްދެވޭ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ހަމަލާތަކެއް. ނަމަވެސް ދުނިޔޭގައި އެންމެބާރަށް ފެތުރެނީ އިސްލާމްދީން. ބޮވޭނެ ބޯންޖެހޭނެކަމަށް ބުނެ ހަރާމް ތަކެތި ވިއްކައިގެން މުއްސަދިވުމަށްގޮވާލާ ނާތަހުޒީބީ އިލްމާނީ ފިކުރުގެ މީހުން ކުރާ މަސައްކަތްތައް ދާނީ ފެނަށް. ނެތިގެންދިޔަ ކޮންމެޝަހީދަކަށް ލިބިގެންދާނީ އުޚުރަވީ ހަޔާތުގެ ހިތްހަމަޖެހުން.
ދިވެހިސިފައިންނަށް އެޗެއްދަސްވެއްޖެބާ، އެވެރިންގެ ތަހުޤިގުގެފުރިހަމަކަމާ ކުޅަދާނަކަން، ފެނޭބާ، ހަމަލާދިންތާ 500 ދުވަސްކީއްކުރަން 500 މިނެއްޓުވެސްނުވޭ ހަމަލާދިންމީހުންހޯދާކަށް
އެކަންތައް ހޯދީ މުސްލިމު ސިފައިންތަ؟
ދީނުގެ ނަމުގަ ޓެރަރިސްޓު ހަމަލައެއް ނުދޭނެ މުސްލިމު ފިކުރުގެ މީހެއް ނޫނީ. ތިޔަ މީހަކީ މުސްލިމެއް ނޫންނަމަ ތިވާނީ މުސްލިމުން ދެކެ ވަރަށް ރުޅިއަންނަ ނުވަތަ ބިރުގަންނަ މީހަކަށް.
މުސްލިމުންނާދެކޮޅަށް ކާފަރުސައިތޯނުންދޭ ކޮށްމެހަމަލާއަކަށް އެވެރިންގެ ފުރިހަމަތާއިދުކުރާތީ ދިވެހިސަރުކާރުންވެސް ފުރިހަމަތާއީދުހަމަލާގަބައިވެރިވި ފަހުލަވާނުންނަ އޮނާނެމިއީހަގީގަތް އެކަންސާބިތުވަނީ އިންޑިއާއިން ޕާކިސްތާނަށް ބޮންއެޅީމާވެސްއޯކޭ
ހައްޔަރު ކުރި މީހާއަކީ "މޮޔައެއް". މިނޫން ގޮތަކަށް ނުނިމޭނެ ތިކަމެއް. މިގައުމުގައި ރީލޯޑު ވަޒީރުގެ ވައްކަމަށް ވީހެން ވާނީ
ދިވެހި ސިފައިންނަށް އެނގޭނީ ޕަޕެޓް ހެދެން. އެކަމަށް ވަރަށް މޮޅުވާނެ އެމީހުން.