ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި ބައިވެރި މީހުންގެ ތެރެއިން އެކަކަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ސިޔާސާތުތަކަށް ތާޢީދު ކުރާ ފަރާތެއްކަން ހާމަވެއްޖެއެވެ.

ހަމަލާދިން މަންޒަރު ފޭސްބުކް މެދުވެރިކޮށް ލައިވްކޮފައިވަނީ ބްރެންޓަން މެރިޓް ނަމަކަށް ކިޔާމީހެކެވެ. މިމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނިރުބަވެރި މިހަމަލާދިން މީހާވަނީ ހަމަލާގެ ކުރިން ޓްވިޓަރގައި ހަމަލާދޭން ޖެހުނު ސަބަބު ބަޔާންކޮށްފައެވެ. އަދި މި ބަޔާނުގައިވަނީ އޭނާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ސިޔާސަތުތަކަށް ސަޕޯޓް ކުރާ ކަމަށް ބުނެފައެވެ.

މިކަން ހިނގާފައިވަނީ މިއަދުގެ ހުކުރު ނަމާދަށް މީހުން ޖަމާވެފައިވަނިކޮށް ނިއު ޒިލެންޑްގެ ގަޑިން 01:30 ހާއިރުއެވެ.

މިއަދު ދިން ނިރުބަވެރި ކަމުގެ ހަމަލާގައި 49 މީހުން ޝަހީދުވެފައިވާއިރު، 20 އަށްވުރެ ގިނަ މީހުންނަށްވަނީ ސީރިޔަސް އަނިޔާތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދދދދދދ

  އެންމެ މީހަކު "މިސްކިތްތަކަށް" ހަމަލާ ދިނީ ކިހިނެއް. ފަހަރަކު ތަނަކަށް ހަމަލާދީ ނިމެންދެން އެމީހާ އުޅޭނެ ގޮތަކަޤ އުޅެން ބަހައްޓާފަ ހުރީ!

  2
  3
  • ވާނުވާ

   ހަމަލާ ދިނީ އެންމެ މީހެއް ނޫން. ލައިވް ކުރީ އެންމެ މީހެއް.

 2. އަބޯ

  މިއީ ޓްރަމްޕް ގެ ނިންމުމެއް ކަމަށް ވެދާނެ

  3
  2
 3. ޙގފ

  އަދިވެސް ޕަބްޖީ ފަދަ ގޭމްތައް ކުޅޭ. ރާއްޖެ މީހުން. އެއީ ނުބައި ކަންކަން ދަސްވާ މަގެއް. ވަގުތުން ވެސް ޕްރޮމޯޓް ކުރަނީ މިފަދަ ބޭކާރު ކަންކަން އެހެން ލިޔުންތަކުގައި.