މިދިޔަ ހުކުރު ދުވަހު ނިއުޒިލޭންޑްގެ ކިރިސްޗާޗްގެ މިސްކިތަކަށް އަމާޒުކޮށް ނިރުބަވެރި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ފީޖީގެ އިމާމެއް ވެސް ހިމެނޭ ކަން ހާންމަ ވެއްޖެއެވެ.

ފީޖީގެ މިސްކިތެއްގެ އިމާމު ހާފިޒް މޫސާ ޕަޓެލް އަކީ އެދުވަހު ހުކުރު ނަމާދުގައި ބައިވެރިވުމަށް ހަމަލާ އަމާޒުވި މިސްކިތަށް ދިޔަ މީހެކެވެ.

25 އަހަރު ވަންދެން ފީޖީގެ މިސްކިތެއްގެ އިމާމުކަން ކުރެއްވި ހާފިޒް މުސާ އަދި އޭނާގެ އަންހެނުން ނިއުޒިލޭންޑްއަށް ދިޔައީ އާއިލާ އަދި ރައްޓެހިނާއި ބައްދަލުކުރުމަށެވެ.

ހާފިޒު ފީޖީ ދޫކޮށް ނިއުޒިލޭންޑް އަށް ދިޔައީ މީގެ ތިން ހަފްތާ ކުރިންނެވެ.

ބަޑީގެ ހަމަލާގައި ހާފިޒު ޝަހީދުވި އިރު، މިދިޔަހުކުރު ދުވަހު އެގައުމުގެ ކްރިސްޓްޗާޗްގެ 2 މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 50 އަށް އަރާފައެވެ.

މިކިސްތަކަށް ދިން ހަމަލާގައި މިހާރު އޮސްޓްރޭލިޔާ މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާއިރު، މިސްކިތަށް ހަމަލާ ދެމުން ދިޔައިރު ފޭސްބުކް މެދުވެރިކޮށް އޭނާވަނީ މި މަންޒަރުތަށް ލައިވް ކޮށްފައެވެ.