ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ނިރުބަވެރި ހަމަލާއަކީ އެގައުމުގެ ތާރީހުގައިވެސް ދިން އެންމެ ލާއިންސާނީ ހަމަލާއެވެ. މުސްލިމުންގެ ތެރެއިން 50 މީހުން އެ ހަމަލާގައި ޝަހީދުވެ ދިޔަ އިރު، މާތް މަތިވެރި މިސްކިތުގެ ތެރޭގައި އެތައް މައުސޫމް މުސްލިމުންތަކެއްގެ ލޭ ވަނީ އޮހޮރިގެން ގޮސްފައެވެ.

ސަލާމަތާ ރައްކާތެރިކަން ހޯދުމަށް އެތައް ގައުމަކުން ނެދަލޭންޑްއަށް މީހުން ހިޖުރަކޮށް، ދިރިއުޅޭ ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ދިން އެ ހަމަލާއާއެކު އެންމެ ބޮޑަށް އަސަރު ކުރީ އެ ސަރަހައްދުގެ ކުޑަކުޑަ މުސްލިމް އާއިލާތަކަށެވެ. އެ ސަރަހައްދަކީ އެތަކެއް ރެފިއުޖީންނެއްވެސް ގައުމު ދޫކޮށް ވަޒަން ވެރިވެފައިވާ ސަރަހައްދަކަށްވާ އިރު، ނެދަލޭންޑްސްއިން އެ އެންމެންވެސް ދެކެނީ އަހުންގެ ގޮތުގައެވެ.

އެއް އާއިލާއެއްގެ ބައެއްގެ ގޮތުގައެވެ. އެ އެންމެނަށްވެސް ހެޔޮހިތުން މަރުހަބާ ކިޔާ، ގެއާއި ގޭގެ ބަދިގެވެސް އެންމެނަށް ހުޅުވާލަދިން އެކަކީ ނިއުޒިލޭންޑަށް އުފަން ލިންޑާ އާމްސްޓްރޯންގެވެ. ލިންޑާ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރީ އާއިލާއާ އެކުވެރިންނާއެކު ފަސޭހަ ދިރިއުޅުމެއް އުޅުމަށެވެ.

އަބަދުވެސް ބަރާބަރަށް މިސްކިތަށް ދާ ލިންޑާ ހުކުރު ދުވަހު ދިޔައީ އަސުރު ނަމާދަށް ތައްޔާރުވުމަށެވެ. މުސްލިމް އާއިލާގެ އެންމެންގެ ލޯބި ލިބިފައިވާ ލިންޑާ އެދުވަހު ޝަހީދު ވެގެންދިޔައީ މިސްކިތު ތެރޭގައެވެ. މުޅި އެ ހިސާބުގެ އެންމެން އެ ހިތާމައިގައި ބައިވެރިވަމުންދާ އިރު، އެންމެންވެސް ލިންޑާ ސިފަކުރަނީ އެހީތެރިއެއްގެ ގޮތުގައެވެ. އެންމެންނަށް އަޅާލި 65 އަހަރުގެ ދައްތައަކީ ލިންޑާއެވެ.