އޮސްޓްރޭލިއާގެ އައްސޭރި ފަށުގައި ބާރުގަދަ ތޫފާނެއް އުފެދެން ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ހުޅަގުން އުފެދެމުންދާ މި ތޫފާނުގެ ސެޓެލައިޓު ފޮޓޯތަކެއް ނާސާގެ އެކިއާ ސެޓެލައިޓުން މިހާރު ވަނީ ނަގާފައެވެ.

"ވޮރެނިކާ" ގެ ނަމުން ނަންދީފައިވާ މިތޫފާން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބާރުގަދަވެ އޮސްޓްރޭލިއާގެ އައްސޭރިފަށުގެ ސިޓީތަކަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެސްޓްރޭލިޔާގެ މޫސުމާއި ބެހޭ އިދާރާތަކުން ހާމަ ކުރާގޮތުގައި އުފެދެމުންދާ މިތޫފާނުގައި ގަޑިއަކު 125 ކިލޯމީޓަރުގެ ބާރުމިނުގައި ދަނީ ވައިޖެހޭނެއެވެ. މި ތޫފާން އަންނަ ހުކުރު ދުވަހާއި ހަމައަށް އިތުރަށް ބާރުގަދަ ވާނެ ކަމަށް ލަފާކުރެވޭއިރު މި ތޫފާނަކީ މިހާރު ކެޓެގެރީ އެކެއްގެ ތޫފާނެކެވެ.

މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް އޮސްޓްރޭލިއާއަށް އަރާނެ އެންމެ ގެއްލުން ބޮޑު ތޫފާނަށް ވެދާނެ ކަމަށް ލަފާކުރެވޭއިރު އޮސްޓްރޭލިއާ އަށް މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން މިފަދަ ތޫފާންތައް އަރައެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން އޮސްޓްރޭލިއާއަށް އާއްމުކޮށް ޖެހެ އެވެ. އެހެންވެ، އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ދާއިމީ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.

އޮސްޓްރޭލިއާ އަކީ އާންމު ގޮތެއްގައި ވެލީގެ ތޫފާންތަށް ވެސް އަރާ ގައުމެކެވެ. އެގޮތުން މީގެ ހަތަރު މަސް ކުރިން "ތަސްމޭނިއާ" ވަރުގެ ބޮޑި ވެލީގެ ތޫފާނެއް އެގައުމަށް ވަނީ އަރާފައެވެ. ތޫފާނުގައި އުމުރުން 14 އަހަރުގެ ކުއްޖަކު މަރުވިއިރު ތަފާތު ގިނަ ނުރައްކާތެރި ހާދިސާތަށް ވަނީ ތޫފާނާއި ގުޅިގެން ހިންގާފައެވެ.

މި ތޫފާނުގައި އެގައުމުގެ ބައެއް ސަރަހައްދުތަކުގެ މަލަމަތި އެއްކޮށް ފޮރުވި، މީހުންނަށް އެއްވެސް ތަނެއް ވަކިނުވާވަރަށް ކުލަ ރަތް ކުލައަށް ބަދަލުވިއެވެ.