އިނގިރޭސި ވިލާތުގެ 4 މިސްކިތަކަށް ހަމަލާދީފިއެވެ.

މިހަމަލާތައް ދީފައިވަނީ އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ހުންނަ 4 މިސްކިތަކަށް ރޭ ދަންވަރު އެޤަައުމުގެ ގަޑިން 2:30 ހާއިރުއެވެ.

މިސްކިތްތަކަށް ހަމަލާދީފައިވަނީ ކޯރާޑިއެއް ބޭނުންކޮށްގެނެވެ. މިސްކިތްތަކަށް ދިން މިހަމަލާ މިހާރުދަނީ އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރެރިޒަމް ޔުނިޓްދަނީ ތަޙްޤީޤް ކުރަމުންނެވެ.

ވިޓަން ރޯޑް އިސްލާމިކް ސެންޓަރގެ ތަރުޖަމާނު ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިސްކިތުގެ ކުރިމަތީ ފަރާތުގެ ހުރިހާ ބިއްލޫރިތަކެއް ތަޅާލާފައިވާ ކަމަށެވެ. އަދި ބިއްލޫރިތައް މިސްކިތުގެ ތެރެއަށް ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިނގެރޭސި ވިލާތުގެ ފުލުހުން ބުނެފައިވަނީ މިހަމަލާގެ ސީދާ މަޤްސަދު ނޭނގޭ ކަމަށާއި ނަމަވެސް މިކަން މިހާރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ. އަދި މިހަތަރު މިސްކިތައް ގެއްލުން ދިފައިވަނީ އެކަކުކަން ކަށަވަރު ނުވާ ކަމަށާއި ނަމަވެސް މިހަތަރު ހަމަލާގައި ގުޅުމެއްވާ ކަމަށް ޝައްކު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގެ ފުލުހުންނާއި ފޮރެންސިކް ޓީމުން މިމައްސަލަ މިހާރު ބަލަމުންދާއިރު، މައްސަލައާ ގުޅޭ ސީސީޓީވީ ފްޓޭޖްތަކާއި ހެެއްކާއި ގަރީނާ ހޯދުމަށް މިހާރު އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބާމިންހަމް ގެ ސިޓީ ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ސިޓީގައި އެއްވެސް ކަހަލަ ނަފުރަތު އުފެދޭ ކަމަކަށް ޖާގައެއް ނެތް ކަމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

މިސްކިތްތަކަށް ދިން މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް އަދި މިހާތަނަށް ރިޕޯޓްކޮށްފައިއެއް ނުވެއެވެ.

އިނގިރޭވިލާތުގެ މިސްކިތްތަކަކަށް ހަމަލާދީފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހުކުރުވަގުތާއި ދިމާކޮށް ނިއުޒިލޭންޑްގެ 2 މިސްކިތަކަަށް ޓެރެރިސްޓް ހަމަލާއެއްވަނީ ދީފައެވެ. މިހަމަލާގައި ޖުމްލަ 50 މީހުންވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިންނި

    މި ގައުމުގަ އުޅޭ އަންނި އެ ގައުމުގަ އުޅޭ ހާޑިންގހަމް ލައްވާ ކުރުވި ކަމެއްތީ !

    52
    31
  2. ދދދދދ

    ތިކަން ކުރި މީހުން ވީތަން ނަޝީދަށް އެނގޭނެ. އޭނަ ތިކަމުގަ ނުހިމެނި ނުދާނެ.

    28
    10
  3. ހޮޅިމީހާ

    ތިންވަނަ ބޮޑުހަނގުރާމައެއް ކުރުވުމަށް ފެންބޮވައިގެންފައިވާ ޒަޔޮނިސްޓުން، އެކަމަށް މަގުފަހިކުރުމުގެގޮތުން މުޅިދުނިޔެ ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާލުމަށް ރޭވިފައިވާ ހަރަކާތްތައް، އިހުނައްވުރެ އަވަސް ބާރުމިނެއްގައި ތަންފީޛު ކުރަން ފެށީ. ރާއްޖޭގައި ހުންނަ އެެ މީހުންގެ އެޖެންޓަކީ ކޮބައިކަަަަން އެންމެންވެސް ދަނޭ. ރާއްޖޭގައި އެ އެޖެންޑާގެ ތަންފީޛީ ހަރަކާތް، މިހާރު ހަމަ ފާޅުގައި، ކުރިިޔަށް ގެންދެވޭ ބިރުވެރި މަންޒަރު މިދަނީ ފެންނަމުން. އެޖެންޓުގެ ފަހަތުގައި ތިބި ދުނިޔޭގެ ޖާހާއި މުދަލަށް ހެސްގަނެފައި ތިބި ބާރަވަރަކަށް މީހުން، މި ވަޒަނަށް ޚިޔާނާތްތެރިވަމުންދާ މިންވަރާއި، އެއީ ކޮންބައެއްކަން ދެނެތިބި މީހުން ވެސް މިތިބީ ހައްޕު ކިޔައިގެން. މި ހިނގަނީ ހަމަަ އެއްކަމެއް. އިނގިރޭސިވިލާތެކޭ، ނިއުޒީލޭންޑެކޭ ކޮންމެހެން ކިއުމުގެ މާނައެއް ނެތް. ވަރަށް ބިރުވެރި. ނަޢޫޛް ބިއްލާހް.

    28
    5
  4. ާޝާން

    ކޮބާ ފާރައަށް ތިބި އިގިރޭސީ ފުލުހުން ޤާއިމު މިދިޔަހަފްތާގައި ބުނީ ނިސްކިތުގެ ހިމާޔަތުގައި ފުލުހުން ނެރެފީމޯ

    6
    1