މުސްލިމުންގެ 50 މީހުން ޝަހީދު ކޮށްލުމަށް، މިދިޔަ ހުކުރު ދުވަހު ނިއު ޒިލޭންޑްގެ ކްރައިސްޓް ޗާޗު ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އެކަމުގެ ހިތާމައިގައި މުޅި ދުނިޔެ ދަނީ ބައިވެރިވަމުންނެވެ. މުސްލިމުން ނޫނަސް، އެހެން ދީންތަކުގެ ބަޔަކުވެސް އެ ލާއިންސާނީ ހަމަލާތަކަށް ހިތާމަ ފާޅުކުރަމުންދާ އިރު، ގާތް ގަނޑަކަސް ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް އަންނަނީ ނިއު ޒިލޭންޑްގެ މުސްލިމުންނާ އެކުގައި ތިބިކަން ހާމަކުރަމުންނެވެ.

އެކަމުގެ ހިތާމައިގައި އެތައް ބަޔަކު މަގުތަކަށް އެއްވެ ނުރުހުންވެސް ފާޅުކުރަމުންދާ އިރު، މުސްލިމުންނަކީ ޓެރެރިސްޓުން ކަމަށް ބުނަމުންދިޔަ އެތައް ބަޔަކުވެސް އެ ހަމަލާއާ ގުޅިގެން މުސްލިމުންނަށް ތައުރީފް ކުރަމުންދެއެވެ. ހާއްސަކޮށް ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު، އެ ހާދިސާއާ ގުޅިގެން މުސްލިމުންނާ ދޭތެރޭ ބެހެއްޓެވި އޯގާތެރިކަމަށް މުޅި ދުނިޔެ ދަނީ ތައުރީފް ކުރަމުންނެވެ.

މެޖޯރިޓީ މުސްލިމު ނޫން ގައުމުތަކުންވެސް އެ ހަމަލާ ނިރުބަވެރި ހަމަލާތަކުގެ ގޮތުގައި ސިފަކޮށްފައިވާ އިރު، ސޯޝަލް މީޑިއާގައިވެސް އެތަކެއް ބަޔަކު ދަނީ ނިއު ޒިލޭންޑްގެ މުސްލިމުންނާއެކު ތިބިކަން ދައްކަމުންނެވެ. އެހެން ނަމަވެސް އަވައްޓެރި އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަނީ އެ މަންޒަރެއް ނޫނެވެ.

https://twitter.com/parveshverma16/status/1106386972841406464

އިސްލާމިކް އިންފޮމޭޝަންއިން ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން، އިންޑިއާގެ އެތައް ބަޔަކު ދަނީ އެ ހަމަލާއާ ގުޅިގެން އުފާފާޅު ކުރަމުންނެވެ. އޭގެ ހެކި ފޭސްބުކްގެ ބައެއް ޕޯސްޓްތަކުންވެސް ފެނެއެވެ. އެ ހަމަލާދިން ނިރުބަވެރިޔާއަށް ހިއްވަރު ދެމުން އިންޑިއާގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ "މުސްލިމުންނަށް ލިބުނު ރަނގަޅު ފިލާވަޅެއް" ކަމަށެވެ. އަދި އަނެއް ބަޔަކު ބުނެފައި ވަނީ ނިއު ޒިލޭންޑްގައި ޝަހީދު ކޮށްލެވުނު ކުށެއް ނެތް 50 މީހުންނަކީ "މުސްތަގުބަލުގައި ޓެރެރިސްޓުން" ކަމަށެވެ.

ނިއު ޒިލޭންޑްގައި ދިން ހަމަލާތައް މީމްއެއްގެ ގޮތުގައި ހަދައިގެން އެކިއެކި ޕްލެޓްފޯމްތަކުގައި ވައިރަލް ކުރަމުންވެސް ދާއިރު، އިންޑިއާ އެތައް ބައެއްގެ އަމަލުތައް ދައްކުވައިދެނީ އެގައުމުގެ ނާތަހުޒީބު ވިސްނުމެވެ. ހަމަލާތަކުގެ އަސްލަށް ނުބަލާ އެގައުުގެ އެތައް ބަޔަކު ކީ ފާޑަށް، ދުނިޔޭގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގަލޮޅު މީހާ

    ގެރިގުއި ކައިގެން އުޅޭ ބައިގަނޑު އަދިފިލާދާނެ.އﷲ

    131
    2
  2. Anonymous

    މިފަދަ މުސްލިމުންނަށް ޢަދުއްވުންތެރި ބަޔަކާއި އެކު އެހާ ގާތްގުޅުންބޭއްވުމަކީ މުސްލިމަކަށްވެހުރެ ހެޔޮވާވަރުގެ ކަމެއްނޫން، ހިތާމަޔަކީ މިގައުމު މިހާރު ހިންގަނީ މިމީހުންގެ ތައްޕާހުން ކަމަށްވާތީ، މިހިނދުން މިހިނދައް މިމީހުންނާ ގުޅުންކަނޑާލަން ދިވެހިސަރުކާރަށް ގޮވާލަން،

    139
    3
  3. ތިމަންނަ

    ޝަހީދުންނާ ދެކޮޅަށް ތާއިދު ކުރި މީހުނަށް ހަލާކުހުރި

    115
    2
  4. ޑދދ

    ޢިންޑިޔާއަށް ހަލާކުހުރި

    108
    1
  5. ދދދދދދ

    އެއުފަލުގަ ބައިވެރިވާން ދިވެހިންގެ ތެރެއިން ދިޔަ މީހުންގެ ލިސްޓެއް ނެތްތަ؟ ނަޝީދު ނުދޭތަ؟ ނުދަންޏާ ވީޑިއޯ މެސެޖެއް ނަމަވެސް ފޮނުވާނެ. މީ ކަށަވަރު ކަމެއް.

    49
    4
  6. ގެރި

    ގެރި ބަކަރި ފަދަ ތަކެއްޗަށް ހެވާއި ނުބައި ވަކިވޭތަ!

    62
    1
  7. ޥިސްނާ

    މިވަރުގެބަޔަކައް ދިވެހި ސަރުކަަރު މިއުޅެނީގުޅިގަނެގެން އިސްލާމުންނާ ދެކޮޅު ބަޔެއް ކޮންހެވެއް ދިވެހިންނައް އެދޭނީ...ބޯހަލާކު!!

    11
    1
  8. ނޫސްކިޔާމީހާ

    އިންޑިޔާ އުފާފާޅު ކުރުމުން ޒަރެއްގެ މިންވަރުވެސް އަހަރުމެން މުސްލިމުންނަށް މަދުނުވޭ އެމީހުން އިންޑިޔާ ގައި އުފާފާޅުކުރާ މީހުންނަށް ނުވިސްނެނީ????

    11
  9. ލާދީނީ މީހުންނާ ދެކޮޅު މީހާ

    މިވަރުގެބަޔަކައް ދިވެހި ސަރުކަަރު މިއުޅެނީގުޅިގަނެގެން އިސްލާމުންނާ ދެކޮޅު ބަޔެއް ކޮންހެވެއް ދިވެހިންނައް އެދޭނީ...
    އަދިވެސް ވަގުތު އޮއްވާ އިންޑިއާގެ ކިބައިން ސަލާމަތް ވުމަށް ދިވެހި ސަރުކާރަށް ގޮވާލަން
    އިންޑިޔާ މީހުން ގެރިގުއި ކައިގެން ތިބެބަލަ !
    އިރާދަކުރެއްވީޔާ ތިކުރިމަލާމާތުގެ ބަދަލް މާތްﷲ ދައްކަވާނެ