މުސްލިމުންނާއި އެކު ނިއުޒިލެންޑްގެ އެތައް ހާސް ޣައިރު މުސްލިމުން ވެސް ބައިވެރިވެގެން އެގައުމުގެ ކްރިސްޗާޗްގައި މިއަދު ހުކުރުކޮށް ދުނިޔެއަށް މިސާލެއް ފަދަ އެކުވެރިކަމަކާއި އެއްބައިވަންތަކަމެއް ދައްކައިދީފިއެވެ.
ކްރިސްޗާޗްގެ ހަގްލީ ޕާކް ސަރަހައްދަށް މިއަދު ޢެތައް ހާސް ޣައިރު މުސްލިމުންނެއް ވަނީ ޖަމާވެފައެވެ. އެއީ މުސްލިމުންނަށް އަމާޒުކޮށް މިދިޔަ ހުކުރު ދުވަހު ހަމަލާ ދިން މިސްކިތެއްގެ ކައިރީގައި އޮންނަ ޕާކެކެވެ.
މިސްކިތުގައި ހުކުރު ކުރިއިރު ޣައިރު މުސްލިމުން ތިބީ ޕާކް ތެރޭގައި އިށީންދެގެން ހުތުބާ އަޑުއަހާށެވެ. މަޑުމައިތިރިކަމާއި އެކު ހުތުބާ އަޑުއަހަން ތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ. މުސްލިމުން ނޫންނަމަވެސް އެއްބައިވަންތަކަށް ދެއްކުމުގެ ގޮތުން ހުރިހާ އަންހެނުން ވެސް ޕާކް ތެރޭގައި ތިބީ ބުރުގާ އަޅައިގެންނެވެ. އޭގެތެރޭގައި ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވެސް ހިމެނެއެވެ.
ހުކުރު ނަމާދު ކުރިއަށް ދިޔަ ވަގުތު ފުލުހުން ވަނީ ކްރިސްޗާޗްގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރަށް ވަރުގަދަ ކޮށްފައެވެ. ހަތިޔާރާއި އެކު ފޯރިމަރަން ގިނަ އަދަދެއްގެ ފުލުހުން މިއަދު މަގުމައްޗަށް ނެރެފައިވެއެވެ. މިއަދު މަގުމަތީގައި ތިބި އަންހެން ފުލުހުން ވެސް ތިބީ ބުރުގާ އަޅައިގެންނެވެ.
ހުކުރު ނަމާދުގައި ބައިވެރިވި މީހުންގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ހަމަލާގައި ޒަހަމްވި މީހުން ވެސް ހިމެނެއެވެ. އޭގެތެރެއިން އެކަކީ 13 އަހަރުގެ ޒައިދު މުސްތަފާއެވެ. ހުކުރު ދުވަހުގެ ހަމަލާގައި ޒައިދުގެ ބޭބެ އާއި ބައްޕަ ޝަހީދުވިއެވެ. އަދި ޒައިދުގެ ފަޔަށް ވަޒަން އަރައި އޭނާ ވެސް ޒަހަމްވިއެވެ. ނަމަވެސް މިއަދު ފުރޮޅުލީ ގޮނޑިއެއްގައި އިނދެ ޒައިދު ވަނީ މިސްކިތައް ހާޒިރުވެފައެވެ.
މިއަދު ނިއުޒިލެންޑްގައި އިއްވި ހުކުރު ޚުޠުބާގައި އެންމެން އެކުވެރިވެ އެއްބައިވަންތަވުމަށް ވަނީ ގޮވާލާފައެވެ.
މިއަދު ނިއުޒިލެންޑުން ފެނުނު އެކުވެރިކަން ފާހަގަކޮށް އަނެއްކާވެސް ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ނިއުޒިލެންޑްގެ ރައްޔިތުންނަށް ޝުކުރު އަދާކުރަމުންނެވެ.
މުސްލިމުން ދެކެ އެންމެ ރުޅިއަރާނީ ޔަހޫދީން ނެވެ އަދި މުސްލިމުންނާއި އެންމެ ގާތްވާނީ ނަސާރާއިން ކަމުގައި ވެއެވެ. އިސްލާމުންނާއި އިދިކޮޅަށް ގައުމުތަކުން އެއްވެ ވަށާލާނެކަމަށް ހަދީސްފުޅެއްގައިވެއެވެ. މިއީ ގިޔާމަތްކައިރިވުމުގެ އަލާމާތެކެވެ. ވީމާ މުސްލިމުން ހޭއަރާށެވެ. ކާފަރުންނާއި އެއްގޮތްވުމަށް ނޫޅެ މާތްނަބިއްޔާގެ ސުންނަތަށް އެނބުރޭށެވެ. މާތްﷲ އާޚިރުގައި ކާމިޔާބު ދެއްވާނީ އިސްލާމްދީނަށެވެ.
މަގޭ ދުޢާއަކީ ތި ޚުތުބާގެ ސަބަބުބް ގިނަބަޔަކަށް އިސްލާމްދީނުގެ ހިދާޔަތްލިބުން!
މުސްލިމުވީމަ މިއަށް ވުރެން ގަދަ ލޯތްބެއް ރަހުމެއް ހަމްދަރުދީއެއް ވެވޭނެތަ؟
ދެން ނިއުޒިލެންޑު އެންމެން އެއްފަހަރާ އިސްލާމު ވާންވީނު. ކިހިނެތްވާނީ އެގޮތް؟!
މުސްލިމުންގެ އިމޭޖް، ކުރާ ހެޔޮއަމަލައް ވުރެއް ކުރިން ފެންނާނީތިބޭ ސިފަ ނިއުޒިލެންޑް ފަދަޤައުމެއްގާ ތިބުންއެކަށިގެންވާ ސިފަޔަކަށް ނޫންމިވެރިންނަށް މިތިބެވެނީކީ އޭގެ ހިތި މިފެނުނީ އެވެންރިންވެސް ތިބޭހެން އިޓަރގޭޓް ވެފަތިބުން މުހިންމު މީކީ އެމުސްލިމް މެދުއިރިރުމަތީ އާދަކާދައެއްނޫން
ކޮންމެ ޤައުމެއްގަ އުޅުނުކަމުގަ ވިޔަސް މުސްލިމުން ތިބެންޖެހޭނީ މުސްލިމުންގެ ގޮތުގަ..ހެދުން އެޅުމުންވެސް ފާޅުވާން ޖެހޭނީ އިސްލާމީ ވަންތަކަން..މީ މާތްﷲގެ ހުކުމް ފުޅު.މިއަށް ފާޑު ކިޔުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ހައްގެއް ނޫން.