މިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދާއި ދިމާކޮށް، ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ މިސްކިތްތަކަށް ދިން ހަމަލާގެ ސަބަބުން މިއަދު އެޤައުމުގައި ބޭއްވި ހުކުރު ނަމާދުގެ ޖަމާޢަތުގައި، ހަމަލާދިން އެއް މިސްކިތްކަމަށްވާ، އަލް ނޫރު މިސްކިތުގެ އިމާމް ގަމާލް ފޮއުދާގެ ހާއްސަ ޝުކުރެއް ނިއުޒިލޭންޑްގެ ރައްޔިތުންނަށް އަދާ ކޮށްފިއެވެ.
މުޅި ދުނިޔެ އެ އޮތީ ނިއުޒިލޭންޑަށްޓަކައެވެ. ޝަހީދުވި އާއިލާތަކަށް ހިތްވަރުދިނުމަށެވެ. އެ ގައުމުގެ ރައްޔިތުންގެވެސް މިއަދު ތިބީ ހަމައެފަދައިންނެވެ. އެކީ އެކަންޗެެއްގެ ގޮތުުގައެވެ.
މިއަދު އެއްވި މީހުންގެ ތެރޭގައި ފޮއުދާ ދެެއްކި ވާހަކަތަކުގައި އޭނާ ދިޔައީ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަމުންނެވެ.
ނިއުޒިލޭންޑްގެ ރައްޔިތުން ތި އަޅަމުންގެންދާ ކަރުނައަށް ޝުކުރު އަދާކުރަން. އަދި ތިދެމުންގެންދާ މާތަކަށްވެސް ޝުކުރު އަދާ ކުރަން" އެ ގައުމުގެ ބޮޑު ވަޒީރުވެސް ބައިވެރިވި އެ އެއްވުމުގައި ބުންޏެވެ.
އަދި ޕްރައިމް މިނިސްޓަރަށް ޝުކުރު އަދާ ކުރަމުން ފޮއުދާ ބުނީ، މުޅި ދުނިޔޭގެ އެހެން ލީޑަރުންނަށް ދައްކައިދިނީ ނަމޫނާއެއް ކަމަށެވެ. އަދި އެކަމާއި ޝުކުރު އަދާކުރާކަމަށް ބުންޏެެވެ.
"އަދި އަހަރުމެންނަކީވެސް ބައެއްކަން އަދި އަހަރުމެން މަތިން ހަނދާން ނައްތާނުލާނެކަން ސާބިތުކޮށްދިން އެންމެންނަށްވެސް ޝުކުރު އަދާކުރަން"
މީގެ އިތުރުން އެ ގައުމުގެ ފުލުހުންނަށްވެސް މުސްލިމުންނަށްޓަކައި ދެމުން ގެންދާ ރައްކާތެރިކަމަށާއި، އަވައްޓެރިންވެސް އެ މީހުންގެ މުސްލިމް ރަހުމަތްތެރިންނަށް ދެމުންގެންދާ ރައްކާތެރިކަމަށް ފޮއުދާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއަދު ހުކުރު ނަމާދު ކުރިޔަށް ގޮސްފައިވަނީ އަލް ނޫރު މިސްކިތާއި މާދުރުނޫން ހިސާބެއްގައި އޮންނަ ޕާކެއްގައެވެ. އެ ޕާކުގައި އެންމެން އެެއްވިއިރު މަރުވި މީހުންގެ ހަނދާނުގައި ދެ މިނިޓްގެ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ވަނީ ގެނެސްފައެވެ.
މާއެޅުމަކީ ކްރިސްޓިއަން ބިދުއަ ކަމެއް ނޫންތަ