ފަލަސްތީނުގެ ޣައްޒާ ސިޓީ، މުސްލިމުންގެ އަތުން ފޭރިގަނެ އެ ސިޓީން މުސްލިމުންގެ ބާރު ކަނޑުވާލުމުގެ މަސައްކަތް އަދި ކުރިޔަށް އޮތީ ކަމަށާއި، އެ މަސައްކަތް ކުރާނީ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އޭނާ އިސްރާއިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިކަމަށް އިޝާރާތްކޮށް ބުނެފައިވަނީ، އިސްރާއިލްގެ ޔަހޫދީ ރައްޔިތުންނަށް ފައިދާހުރި ހުރިހާ ގޮތެއް ބަލަމުންދާ ކަމަށާއި، އެގޮތުން ޣައްޒާ ހިފައި އެ ސިޓީގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ނަމަވެސް އިސްރާއީލުން އެކަން އެގޮތަށް ކުރާން ބޭނުން ނުވަނީ، ފަލަސްތީނުގެ ދެމިލިއަނެއްހައި ރައްޔިތުން އެ ސިޓީގައި ދިރިއުޅެމުންދާތީ ކަމަށެވެ.

ނަތަންޔާހޫ ބުނެފައިވާގޮތުގައި، އިސްރާއީލުން ބޭނުންވެއްޖެ ހާލަތެއްގައި ޣައްޒާ ބިމާއި ހަމަކޮށްލުމަށްފަހު އެ ސިޓީއަށް އަތްގަދަ ކުރުމުގެ ބާރުވެސް އެޤައުމުގައި ވެއެވެ. ނަމަވެސް އެގޮތަށް ޣައްޒާ ހިފަން ބޭނުން ނުވާކަމަށާއި، ހަނގުރާމަކުރަނީ ހަމާސްގެ ހަނގުރާމަވެރިންނާއި ކަމަށް އޭނާ ބުނެފައި ވެއެވެ. ނަތަންޔާހޫ މިގޮތަށް ބުނި ނަމަވެސް، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ އައިޑީއެފްގެ ސިފައިން ފާއިތުވެދިޔަ އަހަރުތަކުގައި ފަލަސްތީނުގެ މުސްލިމް އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް އެތައް ހާސް ބަޔަކު ޝަހީދުކޮށް ޒަޚަމްކޮށްލާފައި ވެއެވެ.

ނަތަންޔާހޫ އިތުރަށް ބުނެފައިވާގޮތުގައި، ޣައްޒާއާއި ހަމައަށް އިސްރާއިލްގެ ވެރިކަން ނުފޯރިނަމަވެސް، ފަލަސްތީނުން އެ ބިން އެހެން ބަޔަކު ފޭރޭތޯ އުންމީދުކުރާ ކަމަށެވެ. އެގޮތުން ބައެއް އަރަބި ޤައުމުތަކުން އެ ބިން ހިފުމަށް ހުށަހެޅި ނަމަވެސް އެއްވެސް ފަރާތަކުން އަދި އެ ދަޢުވަތު ޤަބޫލުނުކުރާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ދުނިޔޭގެ ބޮޑު ބާރަކުން ޣައްޒާ ހިފައި އެ ބިމަކީ ފަލަސްތީނުގެ ބިމެއް ނޫންކަމުގައި ކަނޑައަޅާނެ ދުވަހެއްގެ އިންތިޒާރުގައި ހުރިކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ނަތަންޔާހޫ މިގޮތަށް ވާހަކަ ދައްކާފައިވާއިރު، އިސްރާއީލުން އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ބިމަށް އަރައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި އެތައް މުސްލިމުންނެއްގެ ލޭ އޮހޮރުވާލުމަށްފަހު ޤުދުސް އަށް އަތްގަދަކޮށް އެކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުއެވެ. އެއަށްފަހު ޤުދުސް އަކީ މިހާރު އިސްރާއިލްގެ ވެރިކަންކުރާ ރަށް ކަމަށް ނިންމައި އެޤައުމުގެ ރަސްމީ އިދާރާތަކާއި އާންުންގެ ގެދޮރުވެރިކަން އެ ބިމުގައި ޤާއިމްކުރުމަށްޓަކައި، މުސްލިމުންގެ ގެތަކާއި ދަނޑުބިންތައް ވަނީ ބިމާއި ހަމަކޮށްލާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އަތްގަދަކުރުމުގެ މަސައްކަތް ފަށާފައި ވަނީ، 1900 ގެ ކުރީކޮޅު ޔަހޫދީންގެ އެ ދައުލަތުގެ މީހުން، ވަޒަންވެރިވާނޭ ބިމެއް ނެތި ދުނިޔޭގެ އެތަންމިތަނުގައި ވިއްސިވިހާލި ވެފައިވީ ބައެއްގެ ގޮތުގައި ފަލަސްތީނުގެ ބޯޑަރު ކައިރިއަށް އައިސް މަދަދަށް އެދުމުން އިހުސާންތެރިވެ ފަލަސްތީނުގެ ބިމުގައި ދިރިއުޅުމުގެ ފުރުސަތު ދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟާޙު

    ޣަށްޒާގެ މީހުނަށް ރަށްދު ދޭނެ ބައެއް ހަމަނެތީބާ؟؟؟؟

    15
  2. އަލްޖިބްރާ

    ތިޔަ ނަތަންޔާހޫ އަށް ﷲގެ ކޯފާ ފޮނުއްވާފާދޭވޭ ! އާމީން !

    29
    1
  3. ނަގޫ

    ތިގޮތަށް ގަދަ ބަސް ނުބުނޭ!! ﷲ ގެ ކޯފާ އެއް ކަލޭގެ މައްޗަށް އައުމަކީ ދުރުކަމެއް ނޫން!! ކުށެއް ނެތް އެތައްބަޔަކު ޝަހީދު ކުރިޔަސް އެކަމުގެ ސަބަބުން އެމީހުންނަށް އޮތީ “ ނިމުމެއް ނެތް ސުވަރުގެ” ކިހާ ނަސީބު ރަނގަޅު ބައެއް! އަހަރެމެން މި މަސައްކަތް ކުރަނީ ސުވަރުގެ އަށް ދެވޭތޯ!! ނުލަފާ ޔަހޫދީ. ޝައިޠާން

    21
    1
  4. ޓެލް އަވީވް

    ތެންކިޔު ފޯ ސެންޑިން ދެމް ޓު ހެވަން.....
    އެންޑް ފައިނެލީ ޔޫ ވިލްބީ ރެޑީ
    ދަ ހެލް ވެލްކަމިންގް ޔޫ އަވާރްމް ވެލްކަމް

  5. ފަލަސްތީން

    ވަގުތައް އިންތިޒާރު ކޮއްގެން މިކަލޭގެ ހުއްޓާ އެރިއަލް ޝެރޯނަށް މިންވަރު ކުރެއްވި ގޮތް މިކަލޭގެ އަށްވެސް މިންވަރު ކުރަށްވާ ފާދޭވެ އާމީން

    15