އު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި ދިން ބަޑީގެ ހަމަލާގައި ބޮޑު ވަޒީރު ޖަސިންޑާ އާޑާން މުސްލިމުންނާ މެދު ބެހެއްޓެވި އޯގާތެރި ކަމުގެ ސަބަބުން ދުނިޔޭގެ މަޤްބޫލުކަން ހޯއްދެވި ޖަސިންޑާ އެންގޭޖްވެ ވަޑައިގެންފިއެވެ.

ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ޖަސިންޑާ އާއެކު ގިނަ ދުވަހު ލޯބީގެ ގޮތުން އުޅެފައިވާ ކްލާކޭ ގޭފޯޑް އާ އެންގޭޖް ވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެންގޭޖްވި ކަން ކަށަވަރުކޮށްދެވޭނެ ކަމަށާއި ނަމަވެސް އިސްވެ އެންގޭޖްވާން އަހާފައިވަނީ ކާކުކަން ހާމަކުރެވެން ނެތް ކަމަށެވެ،

ޖަސިންޑާ މިއަދު ބައިވެރިވި އިވެންޓެއްގައިވަނީ ޑައިމަންޑް އަނގޮޓިއެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ފެނިފައެވެ.

ޖަސިންޑާ އާއި ކްލާކޭ އާ ލޯބީގެ ގޮތުން ގުޅިފައިވަނީ މީގެ 5 އަހަރު ކުރިންނެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ޖަސިންޑާ ވަނީ ކުއްޖަކު ވިހާފައެވެ. ޖަސިންޑާ ވެގެން ގޮސްފައިވަނީ ބޮޑު ވަޒީރު ކަމުގެ މަޤާމުގައި ހުރެ ވިހޭ ދެވަނަ މީހާއަށެެވެ. އަދި ބޮޑު ވަޒީރު ކަމުގެ މަޤާމުގައި ހުރެ ވިހެއުމުގެ ޗުއްޓީ ނެގި ފުރަތަމަ ފަރާތަށެވެ.