2016 ވަނަ އަހަރު އޭޕްރީލް މަހުެ ތެރޭގައޮ އިންޑިޔާގައި މަސްތުގެ ހާލުގައި މަންމަ އަށް އަނިޔާ ކުރި މީހާ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަންޖެހިފައިހުއްޓާ ފެނިފައިވަނީ، އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. މިިމީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުމުރުން 70 އަހަރުގެ މަންމައަށް މަސްތުގެ ހާލުގައި ހުރެ އަނިޔާ ކުރި ކަމުގެ ކުށުގެ ދަޢުވާގައެވެ.

ފުލުހުން މިމީހާ ހައްޔަރު ކުރީ، އޭނާގެ ގޭގެ އަވައްޓެރިން ޖެއްސި މައްސަލައަކާއި ގުޅިގެންނެވެ. މިގޮތުން މިފިރިހެން މީހާ ހައްޔަރުކޮށް ކުރި ތަޙްޤީޤުން، އޭނާ ހަމައިން ނެއްޓި އޭނާގެ މަންމައަށް އަނިޔާ ކުރާ ކަަމަށް އެއްބަސް ވެފައިވެއެވެ.

އޭނާގެ މަންމަ މިހާރު ހުރީ މުސްކުޅިންގެ ހިޔާގައެވެ.

މިމީހާ މަރުވި ސަބަބު މިހާރު ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުންނިއުރަ

    ރަނގަޅު