ޑެންމާކުގެ ބެލުމުގެ ދަށުގައިވާ ދުނިޔޭގެ އެންމެ ބޮޑު ރަށް ކަމަށްވާ ގްރީން ލޭންޑް ގަތުމަށް އެެމެރިކާގެ ރައީސް ޑޮނާލްޑް ޝައިގުވެރިވުމުން ގްރީންލޭންޑްގެ ރައްޔިތުންގެ ނުރުހުން ފާޅުކޮށްފިއެވެ.

ޓްރަންޕްގެ މި ވާހަކަ އަށް ރައްދުދީ ޑެންމާކުގެ ސަރުކާރުން ދިނީ ކުރު ޖަވާބެކެވެ. އެފަރާތްތަކުން ބުނެފައިވަނީ "ޑެންމާކް އޮތީ ސޭލް އަޅުވާފައި ނޫން" ކަމަށެވެ.

"ޑެންމާކް އޮތީ ސޭލް އަޅުވާފައެއް ނޫން, އެމެރިކާއިން ދައްކައްވީ އިންވެސްޓްމެންޓްގެ ވާހަކަ" ޑެންމާކުގެ ސަރުކާރުންގެ ބަޔާނުގައިވެއެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ ގަރީން ލޭންޑް ގަތުމަށް ދެ ފަހަރެއްގެ މަތިން މައްސަކަތް ކޮށްފައެވެ. ނަމަވެސް މި ކަން ނާކާމިޔާބު ނުވުމުން އެމެރިކާގެ ރައީސް މިފަހަރު ބޭނުންވީ މޮޅު ގޮތަކަށް އެރަށް ގަނެވޭނެ ގޮތެއް ހޯދުމަށެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒެއް މިހާރުވެސް ގްރީންލޭންޑުގައި ހުރިއިރު، އެމެރިކާއިން އެ ސަރަޙައްދު އެޤައުމުގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވަނީ އަސްކަރީ ހަރަކާތްތައް ފުޅާ ކުރުމާއި އެކު އެސަރަހައްދުގެ ގުދުރަތީ މުއްސަދިކަމުން އެމެރިކާއަށް މަންފާ ލިބިގަތުމަށްޓަކައެވެ.

ޓްރަންޕް ބުނިގޮތުގައި ޑެންމާކްގެ އިސްތިއުމާރުގެ ދަށުގައިވާ ގްރީންލޭންޑްގެ އިގުތިސޯދު ހީނަރުވަމުންދާއިރު އެކަން ހުއްޓުވަން ޑެންމާކް ވަނީ ނުކުޅެދިފައެވެ. އާބާދީގައި 57000 މީހުން ދިރިއުޅޭ ގްރީން ލޭންޑްގެ ބޮޑުބަޔަކީ ގަނޑުފެނެވެ. ޑެންމާކުން މިބިން ހިފާފައިވަނީ 18 ވަނަ ގަރުނުގައެވެ. އެއަށްފަހު ގްރީންލޭންޑުގެ އިގްތިސާދާއި އެ ސަރަޙައްދުގެ ރައްކާތެރިކަން ބަލަހައްޓަމުން އަންނަނީ ޑެންމާކުންނެވެ.

ދާދިފަހުން ގެނެސްފައިވާ ގާނޫނީ އިސްލާހުން ބުނެދޭގޮތުގައި ގްރީން ލޭންޑް، ޑެންމާކުގެ ކިބައިން މިނިވަންވާން ބޭނުންވާ ކޮންމެ ވަގުތެއްގައި މިނިވަން ވުމުގެ ހައްގު ގްރީންލޭންޑުގެ ސަރުކާލަށް ލިބިފައިވެއެވެ. ނަމަވެސް ގްރީންލޭންޑުން އެގޮތައް އެދިފައެއް ނުވެއެވެ. އަދި ޚާއްސަކޮށް އެމެރިކާގެ އަތްދަށަށް ދިއުމަށް އެޤައުމުގެ ރައްޔިތުން ނޭދެއެވެ.