ޣައްޒާގެ ރައްޔިތުން އިސްރާއީލާއި ފަލަސްތީނު ގުޅޭ އިމުގައި ކުރަމުން އަންނަ މުޒާހަރާ އާއި ދެކޮޅަށް އިސްރާއީލް ސިފައިން ބާރުގެ ބޭނުންކޮށް، ދެ ކުޑަކުދިން ޝަހީދުކޮށްލައި 76 މީހަކު ޒަހަމު ކޮށްލައިފިއެވެ.

އިއްޔެގެ މުޒާހާރާގައި ފަލަސްތީނުގެ 6200 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރި ވެފައި ވާއިރު، އިސްރާއީލު ސިފައިން ބަޑިން ދިން ހަމަލާތަކުގެ ސަބަބުން މަރުވެފައި ވަނީ އުމުރުން އެންމެ 14 އަހަރުގެ ހާލިދް އަލް ރައްބައި އާއި 17 އަހަރުގެ އަލީ ސަމީ އަލް އަކްޝަރުއެވެ. މީގެ އިތުރުން މި ހަމަލާ ތަކުގައި ފަލަސްތީނުގެ 46 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އިސްރާއީލްގެ ކުޑަ ކުއްޖަކު މީގެ ކުރިން ފަލަސްތީނުގެ އަންހެނެއް މަރާލުމުން ބޭއްވި އޭނާގެ ޖަނާޒާގެ ތެރެއިން

އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ޣައްޒާގެ ރައްޔިތުން މެދުނުކެނޑި ކޮންމެ ހަފްތާއަކުވެސް މުޒާހަރާ ކުރާތާ މިހާރު ވަނީ 73 ހަފްތާ ވެފައެވެ. އިއްޔެގެ މުޒާހަރާގައި އިސްރާއީލް ސިފައިންނާއި ދެކޮޅަށް ޣައްޒާ ރައްޔިތުން އަލިފާން ބޯޅަ އާއި އަތު ބޮމުގެ އިތުރުން އަމިއްލައަށް ހަދާފައިވާ ގޮވާ ތަކެތިވެސް ބޭނުން ކޮށްފައި ވާއިރު، މިކަންތައް ކޮށްފައި ވަނީ އިސްރާއީލް ސިފައިން ހަމަލާ ދޭން ފެށުމުންނެވެ.

ސުލްހަވެރި ކަމާއިއެކު ފަލަސްތީނު ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކަށް އަބަދުވެސް އިސްރާއިލް ސިފައިން ބާރުގެ ބޭނުން ކުރާއިރު، މިދިޔަ ހަފްތާގެ މުޒާހަރާގައިވެސް ޣައްޒާ ރައްޔިތަކު ޝަހީދު ކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    އިޒްރޭލް ގެ ޖަރީމާ = މި ރާއްޖޭގެ މިހާރުގެ ސަރުކާރު އެ ތަރުޖަމާ ކުރާ މިނިވަން ޚިޔާލު ( އިޒްރޭލްގެ ގިނަ ޔަހޫދީން ކަލަކު ވޮޑިގެން ވާކަމަކަށް ޤަބޫލެއް ނުކުރޭ އެކަމު އިޒްރޭލަކީ ކަލާންގެ އެމީހުނަށް ދެއްވި ތަނެކޯ )