ފަލަސްތީނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އެއް އާއިލާއެއްގެ ތިން ޒުވާނުންނާއި، ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، އިސްރާއީލުން ހިސާރުކޮށްފައިވާ ހިބްރޯން އިރުމަތީގެ ބަނި ނައީމް މަގުގައެވެ.

ދެ ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އިތުރު ތިން މީހަކު ވަނީ ޒަހަމްވެފައެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، އުމުރުން 14 އަހަރުގެ އަހުމަދު މުހައްމަދު ރުޝްދީ މަނަސްރާހް އާއި، އުމުރުން 19 އަހަރުގެ އަބްދުﷲ އަތާ މުހައްމަދު މަނަސްރާހް އާއި އުމުރުން 19 އަހަރުގެ އާމިރް މުހައްމަދު ރުޝްދީ މަނަސްރާހްގެ އިތުރުން 19 އަހަރުގެ ނާޖީ ޖަމީލް ރުޝްދީ މަނަސްރާހް އެވެ.

އެކްސިޑެންޓްގައި ނިޔާވި ހަތަރު މީހުން

މީގެ ތެރެއިން އަހްމަދު އާއި އާމިރްއަކީ އެއްބަނޑު އެއްބަފާ ދެ މީހުންނެވެ. ނާޖީއަކީ އެ ދެ މީހުންގެ ދެބެއިންގެ ދެދަރި މީހެއް ކަމަށާއި، އަބްދުﷲއަކީ އެ މީހުންގެ އާއިލާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު ފިރާގު

    ދުނީއޭ އެކިކަން ކޮޅުތަކުގަ ހިގާ ކާރުއެކުސްޓެންޓުގެ ހަބަރު ގެނެސްދެންޔާ ހާދަ ހަބަރެއް ހުންނާނޭ

    9
    2