ފަލަސްތީނުގެ އަބޫ ޑިސްގައި ހުންނަ ސްކޫލެއްގައި އެ ސްކޫލްގެ ދަރިވަރުން ހެނދުނު އެސެމްބްލީގައި ތިއްބައި ހަމަލާ ދީފިއެވެ.

ޖަވާހަރް ލާލް ނެހްރޫ ސްކޫލުގައި އެކުދިން އެސެމްބްލީ އަށް އެއްވެ ތިއްބައި ބަޔަކު މީހުން ހަމަލާ ދީފައި ވަނީ ކަރުނަ ގޭހައި ގްރެނޭޑު ބޭނުންކޮށްގެންނެވެ. ގްރެނޭޑާއި ކަރުނަ ގޭސް އެ ކުދިންނާއި ދިމާލަށް އެއްލުމާއި އެކު ކުދިން ވަނީ ކްލާސް ރޫމްތަކަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ.

މިކަން ހިނގުމާއި އެކު އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ ވަގުތުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި މިކަން ފަލަސްތީނުގެ ފުލުހުން ބެލުމަށް ފަހުގައި ބުނެފައި ވަނީ އެއީ ކުޑަ 2 ކުދިންވެގެން ދިން ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ކަރުނަ ގޭހާއި ގްރެނޭޑަކީ އިސްރާއިލް ސިފައިން އެ ގައުމުގެ ރައްޔިތުންނަށް ހަމަލާތައް ދިނުމަށް ބޭނުންކުރާ ހަތިޔާރުތަކެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އިސްރާއިލް ސިފައިން އަތުން ވެއްޓިފައި ހުރި ހަތިޔާރު ތަކެކެވެ. ނަމަވެސް، އެ ގައުމުގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި މިއީ އިސްރާއިލް ސިފައިން އެ ކުޑަކުދިންގެ ބޮލަށް އެރިގެން އެ ކުދިން ލައްވައި ގަސްދުގައި ކުރުވި ކަމެކެވެ.

މި ހަމަލާތަކުގައި އެއްވެސް ކުއްޖަކަށް ގެއްލުމެއް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ހަމަލާތައް ދިން ދެ ދެކުދިންނާއި މިހާރު ދަނީ ސުވާލު ކުރެވެމުންނެވެ. އިސްރާއިލް ސިފައިންތައް ދަނީ މެދުކެނޑުމެއް ނެތި އެ ގައުމުގެ ބިންތަކަށް ނުހައްގުން ވެރިވެގަންނަމުންނެވެ.