ޕާކިސްތާނަށާއި ޗައިނާއަށް އިންޑިޔާގެ ވަރުގަދަކަމާއި އަސްކަރީ ޤާބިލުކަން ދެއްކުމަށް، އެ ދެ ޤައުމުގެ ސަރަޙައްދީ ރޮނގުތަކުގެ ކައިރީގައި އިންޑިޔާގެ ވައިގެ އަސްކަރިއްޔާއިން ފަރިތަކުރުންތަކެއް ބާއްވަން ހަމަޖެހިއްޖެއެވެ.

އިންޑިޔަން އެއަރފޯސް އިން ކުރިއަށް ގެންދާ މި ފަރިތަކުރުންތަކަށް ދީފައިވާ ނަމަކީ "ގަގަން ޝަކްތީ 2018" އެވެ.

އެޤައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހާއި 21 ވަނަ ދުވަހުގެ ދޭތެރޭގެ މުއްދަތުގައެވެ. އަދި، މި ފަރިތަކުރުމުގައި އެއަރ ފޯސްގެ 1100 އުޅަނދު ބޭނުންކުރާނެކަމަށްވެސް ބުނެފައިވެއެވެ. އޭގެތެރޭގައި ފައިޓަރ ބޯޓުތަކާއި ހެލިކޮޕްޓަރުތައްވެސް ހިމެނެއެވެ.

އެއަރފޯސް އިން އިސް ނަގައިގެން މިކަން ކުރިކަމުގައިވިޔަސް މި ފަރިތަކުރުންތަކުގައި އިންޑިޔާގެ އަސްކަރިއްޔާ އާއި ކަނޑުގެ އަސްކަރިއްޔާއިންވެސް ބައިވެރިވުމަށްވަނީ ނިންމާފައެވެ. އެހެންކަމުން، މި ފަރިތަކުރުންތަކުގައި ޖުމުލަ 15،000 ސިފައިން ބައިވެރިވާނެކަމަށްވަނީ ބުނެފައެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި އަސްކަރީ ފަރިތަކުރުމާއި ދައްކާލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އިންޑިޔާގެ ހުޅަނގު ފަރާތު ސަރަޙައްދީ ރޮނގު ސަރަޙައްދުގައި، ޕާކިސްތާނަށް ވަރުގަދަކަން ދައްކާއިރު، ދެވަނަ ފިޔަވަހީގައި އިރުމަތީ ފަރާތުގައި ވަރުގަދަކަން ދައްކާލުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ޓިބެޓަށެވެ.

ޕާކިސްތާނާއި ޗައިނާއާ ދެމެދު އިންޑިޔާއިން ނުތަނަވަސްކަމެއް އުފެދިފައިވާތާ ދުވަސްތަކެއްވަނީ ވެފައެވެ. (އިންޑިޔާ ޓައިމްސް، 2018)

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕާކިސްތާނަކީވެސް ވަރުގަދަގައުމެ ޗައިނާއަކީ އަމިލްލަޔަ ޖެޓްއުފައްދާ ގައުމެ އިންޑިޔާ އަކަޗައިނާއަކާ ނުކުޅޭވޭނެ.

  2. ކަލޯމެންގެ ފަރިތަކުރުންތަށް ދަށްކާ އަށްނިއަށް

  3. ޗި. ޗައިނާ ޖެހިލުންވާނެތަ ބާދަގަންޑު ދެކެ. ޗައިނާއާއި އަރާ އަރަފޯދިގެން ތިމާމެން ވޭތޯ ވިސްނާލަބަލަ.

  4. ރަނގަޅުކަމެއް. ހުރިއެއްޗެއްގެވަރު އަމިއްލައަށް ބަލައިލަން. އެހެންނޫނީ ތީއްޗިހީގަ ޖަހާނީ ދަބަރުވިއްޔަ. އެހެންގައުމުތަކަކަުން ނޫޅޭ ކަލޭމެން ބެރެއްޖެހިޔަކަސް ނަށާކަށެއް. ކުރިޔަށް ގެންދޭ. ވަރުދައްކާފަ އަމިއްލަ ގައުމުގަ ފޭރޭ ޖިންސީ ފުރައްސާރަކޮށް ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށް މެރުން ހުއްޓުވަބަލަ މުޅިދުނިޔެއަށް ދައްކަން. އަމިއްލަޔަށް އޮރިޔާންވެފަ އޮންނައިރުވެސް ނޭނގޭބަޔަކަށް ކޮން ވަރެއްދެއްކޭނީ. އެހެންގައުމުތަކުން ތިއަށްވުރެ މާ ކުރީގަ އުޅެނީ. ފޮނުވާލާނީ ލޭޒަރ އައްޔެއް. އަނދައިގެން ދާނީ. ތިކަހަލަ އެއްޗެއް ރާއްޖެއަށްވެސް ދީގެން އެއިން ސަލާމަތް ނުވެވިގެން މިއުޅެނީ. އަވަހަށް ފޮނުވާލާ ދިން ދިމާޔަކަށް

  5. ޢެމެރިކާ އެކަނި އިންޑިޔާ ކޮޅަށް އޮތަސް ޗައިނާ ޖެހޭނީ ރޭން

  6. އިންޑިއާ މަހަށް ދޭ

    އިންޑިއާދެކެ ވާ ފޫހި އެތައް ގުނައިތުރުވެއްޖެ......މަހަށް ދޭ މަހަށް ދޭބަލަ