ކެލެފޯނިޔާއަށް 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

"ދަ ލޮސްއެންޖެލެސް ޓައިމްސް" ނޫހުން ރިޕޯޓުކޮށްފައި ވާ ގޮތުގައި އެ ބިންހެލުން އައިސްފައިވަނީ ކެލެފޯނިޔާގެ ފްރާންސިކޯ ބޭ ސަރަހައްދަށެވެ. މިހާތަނަށް ހެދި ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައިގެން ކަމަށް ހަބަރުތައް ބުނެއެވެ. އެމެރިކާގެ ގެ ޖިއޮލިޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ އަސަރު ވަނީ ސެން ފްރާންސިކޯ، އޯކްލޭންޑް އަދި ސަން ޖޯސް އަށް ކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދުގެ ބިމުގެ 9 ކިލޯމީޓަރު އަޑިޔަށެވެ. އަދި އެ ބިންހެލުމުގެ އަސަރު ސިޓީތަކަށް ކޮށްފައި ވަނީ އިއްޔެ 11 ޖެހިހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ބިންހެލުމާ ގުޅިގެން މިހާތަނށް އެއްވެސް ގެއްލުމެއް ނުވަތަ، އަނިޔާއެއް ލިބިގެން މީހަކު ރިޕޯޓުކޮށްފައި ނުވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަދި އެ ބިންހެލުމުގެ ސަބަބުން މާބޮޑު ލޮޅުމެއް އެއްވެސް ސަރަހައްދަކަށް އައިސްފައި ނުވާކަމަށާއި އެހެން ނަމަވެސް، މީހުން ބޭރައް ނިކުމެއުޅުން މަނާކޮށްފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ޖަޕާނަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 35 މީހަކު ނިޔަވެފައި ވާއިރު 77 މީހަކަށްވަނީ އެކިކަހަލަ އަނިޔާ ލިބިފައެވެ. އަދި 17 މީހަކު ވަނީ ވީނުވީއެއް ނޭންގި ގެއްލިފައި ކަމަށާއި އެމީހުން ހދުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.