ލުބްނާނުގައި މިހާރު ކުރަމުން ގެންދާ މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލުބްނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީގެ އިސްތިއުފާ އަށް ގޮވާލައި އެ ގައުމުގެ އާއްމު ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ދެ ހަފްތާ ވެގެން ގޮސްފައި ވާއިރު، މުޒާހަރާ ވަނީ ހަމަނުޖެހުންތަކަށް ބަދަލުވެފައެވެ.

ހަރީރީ މަގާމުން ފޭބުމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ގޮވަމުން އައި ނަމަވެސް، އެ ގައުމުގައި ހަރަކާތްތެރިވާ ހިޒުބުﷲ ޖަމާއަތުން ވަނީ އޭނާ މަގާމުން ނުފޭބުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިންނަށް ހަމަލާތަކެއްވެސް ދީފައެވެ. މިގޮތުން އެ މީހުން ވަނީ ބައެއް ހިސާބު ތަކުގައި އޮތް މުޒާހަރާތައް ރޫޅާލައި ބައިވެރިން ތިބޭ ޓެންޓުތަކުގައި އަލިފާންވެސް ރޯކޮށްލާފައެވެ.

އެ ގައުމުގެ ހިޒްބުﷲ އަކީ އީރާނު ހިޒްބުﷲ އަށް ވާގިވެރިވާ ޖަމާއަތެއް ކަމުގައި ވީ ނަމަވެސް، އާއްމު ރައްޔިތުންގެ މުޒާހަރާތަކާއި އެކު ގައުމު ނުހިންގޭ ވަރުވުމުން ހަރީރީ ވަނީ އޭނާގެ މުޅި ކެބިނެޓުވެސް އިސްތިއުފާ ދޭން އަންގައި އޭނާވެސް މަގާމުން ފައިބާނެކަން އިއުލާން ކޮށްފައެވެ. މިކަން މިގޮތަށް ކުރީ އެއީ އާއްމުން ބޭނުންވާ ގޮތް ކަމުގައި ވާތީ ކަމަށް ހަރީރީ ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ އާއި މުޅި ސަރުކާުރުގެ އިސްތިއުފާ އަށް ގޮވާލަން އާއްމު ރައްޔިތުން ޖެހުނީ އޭނާ ވެރިކަމާއި ހަވާލުވުމަށް ފަހުގައި ކޮރަޕްޝަން އިންތިހާ އަށް އިތުރުވެ، އެ ގައުމުގެ މިލްކިއްޔާތުން ހަރީރީ އާއި ސަރުކާރުގެ އިސްވެރިން އަމިއްލަ ބޭނުންތަކަށް ފައިސާ ބޭނުން ކުރުމެވެ. މިއާއި އެ ގައުމުގެ އިޤްތިސާދުވެސް ވަނީ ދަށަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހާ

    މިޤައުމުގެ ވެސް ހާތަކީވެސް ތިޔައީ..... އެމްޑީޕީގެ މެންބަރުންނަށް މިލިޔަން ރުފިޔާއިން ބަދަލު ދެމުން ގޮސް ރައްޔިތުންގެ ބައިތުލް މާލު ހުސްވެ ދަރަނިވެރިވެއްޖެ

    8
    2
  2. އެކަމަކުދޯ

    މިޤައުމުން ލަދުންމީހަކު އިސްތިއުފާދޭނެނަމަ އެބުނާ އެމްސީހަމީދު މިހާރު އިސްތިއުފާދީފިސްދޯ؟

    16
    2
  3. ހުސެން

    އެމްޑީއެން އުވާނުލައި އެ އެމްޑީއެން މީހުނަށް ފިޔަވަޅު ނާޅައިފިނަމަ މިގައުމުގެ ބޮޑުންވެސް މިހެން އިސްތިއުފާދޭންޖެހޭނެ،

    9
    2
  4. ދޮންއާދަނު ފައި

    ރައިސް ނަސީދު ބުނާނީ މިވެސް ބަގާވާތެކޭ ދޯ/ ހަމަނުޖެހުން ހިގައިފި ވިއްޔާ. އެހެންވީމާ މިބެސް ބަގާވާތެއްތާ ދޯ ނަސީދޫ؟

    7
    2
  5. އިންޓެލިޖެންސް

    އެމެރިކާގެ 2 ވަނަ ޓާގެޓަކީ ލުބުނާނު ފުނޑާލުން.

    3
    1