ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ޗިލީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އެޤައުމުގެ އިރުމަތީ އަވަށެއް ކަމަށްވާ އިވަލޭގެ އިރު އުތުރުން 64 ކިލޯމީޓަރު ދުރުންނެވެ.

ރާއްޖެ ގަޑިން 15:30 ހާއިރު އެޤައުމަށް އައި މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޖިއޮލޮޖިކަލް ސާވިސްއިން ބުނެފައިވަނީ، މި ބިންހެލުން އައިސްފައިވަނީ އެ ސަރަޙައްދުގެ ބިމުގެ 75 ކިލޯމީޓަރު އަޑިންކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ސުނާމީއެއް އަރާފާނެކަމު އިންޒާރެއް ނެރެފައި ނުވީނަމަވެސް، ބިންހެލުމުގެ ސަބަބުން އޯޑާގެ ޢާންމުން ދިރިއުޅޭ ބައެއް ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

-އިތުރު ތަފްސީލު އަންނަނީ-