ފަލަސްތީނުގެ ޒުވާނަކު އިޒްރޭލުގެ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމަށްފަހު އިޒްރޭލު ސިފައިން "މަޖަލަކަށް އޭނާގެ ފޫކޮޅަށް ބަޑި ޖަހައިފި" އެވެ.

މިހާރުގެ ލީކުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުން އެ ޒުވާނާ ޗެކްޕޮއިންޓަކުން ދޫކޮށްލާފައި އޭނާ އާ ދިމާލަށް އިޒްރޭލުގެ ބޯޑަރު ސިފައިން ހަޅޭލައްވާ އަޑުއިވިގެންދެއެވެ. "މިތަނުން ނިކުމެގެން ދޭ." ޢަރަބި ބަހުން އިޒްރޭލު ސިފައިން ގޮވަމުން ދިޔައީ އޭނާ އެ ސަރަޙައްދުން ދިޔުމަށެވެ. ފަލަސްތީނުގެ ޒުވާނާ އޭނާގެ އަތް މައްޗަށް ނަގައިގެން ހުރެ، މަޑުމަޑުން އެ ސަރަޙައްދުން ދުރަށް ދާ މަންޒަރު ފެނިގެން ދިޔައެވެ.

ނަމަވެސް، އިރުކޮޅެއް ފަހުން ފެނިގެން ދިޔައީ، އެއްވެސް ހަތިޔާރެއް ނެތް އެ މީހާގެ ގަޔަށް އިޒްރޭލު ބޯޑަރު ސިފައިންގެ މީހަކު ބަޑި ޖެހި މަންޒަރެވެ. އެއާ އެކު، ފަލަސްތީނުގެ ޒުވާނާ ބިންމައްޗަށް ވެއްޓުނެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލު ސިފައިންގެ ނުބައިކަން ދައްކުވައިދިން އެ ވީޑިއޯ ނަގާފައިވަނީ ހަމަ އިޒްރޭލުގެ ޓީވީ ޗެނަލަކުންނެވެ.

އިޒްރޭލުގެ ޓީވީ ޗެނަލް، ޗެނަލް 13 އިން ހާމަކުރާ ގޮތުގައި 1 އަހަރު ކުރިން ހިނގި އެ ހާދިސާގައި ބަޑި ޖެހުމުގެ ސަބަބުން ފަލަސްތީނުގެ ޒުވާނާ ހާސްވެ، ވެއްޓިފައި އޮތުމުން އިޒްރޭލުގެ ސިފައިން އޭނާގެ ފޫކޮޅަށްވެސް ބަޑިޖެހިއެވެ. ފަލަސްތީނުގެ ޒުވާނާގެ ގަޔަށް ރައިފަލުން ބަޑި ޖަހާފައިވަނީ އިޒްރޭލުގެ އަންހެން ފުލުސް އޮފިސަރެކެވެ. އޭނާގެ ވަޒީފާގެ މަސްޢޫލިއްޔަތުތައް މިހާރު ބަދަލްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ހާދިސާގައި އިޒްރޭލް ސިފައިން ބަޑި ޖަހާފައިވަނީ ސްޕޮންޖު ބުލެޓް ބޭނުންކޮށްގެން ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ހަމަލާދިނުމުގެ ސަބަބުން ފަލަސްތީނުގެ ޒުވާނާއަށް ވަނީ ބޮޑު ޒަޚަމްތަކެއް ލިބިފައެވެ. މިއީ އިޒްރޭލު ސިފައިން އާއްމުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަނިޔާ ދައްކުވައިދިން ޖަރީމާއެކެވެ. ފަލަސްތީނުގެ ރައްޔިތުން އަނިޔާކުރަން އެމީހުންނަށް ދުނިޔޭގެ އެއްވެސް ޤާނޫނަކުން ބާރެއް ނުލިބެއެވެ. ނަމަވެސް، މަޖަލަކަށް ހަދާފައިވެސް އިޒްރޭލުގެ ސިފައިން މިކަހަލަ ޖަރީމާތައް ހިންގަމުން އަންނަތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކޮބާ މުސްލިމުން؟؟؟؟؟ އެއީ ތިބާގެ ބައްޕަ ނުވަތަ ބޭބެ ނުވަތަ ކޮއްކޮ ނަމަ ތިބާ ދެކޭނީ ކިހިނަކުން ތޯ؟ މުސްލިމުންގެ މިސާލަކީ އެއް ހަށިގަޑެއްގެ މިސާލު ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޙަދީޘް ކުރައްވާފައިވާ.

    59
    1
    • އަވަށްޓެރިން

      ސައޫދީ އަރަބިއްޔާގެ ވެރިން ތިބީ އިޒްރޭލާއި އެމެރިކާ އާއި އިންޑިއާ އެކީގައި. މާތް ﷲ ގެ ލަޢްނަތް ހުރި މިމާސިންގާ ޚިޔާނާތްތެރިންނަށް، އިން ޝާ ﷲ. މުޅި އުއްމަތަށް ޚިޔާނާތްތެރިވީ އިނގޭތޯ. ސައުދީ ޝާހީ އާއިލާގެ ވެރިން ދިރިިއުޅެނީ އަހަރުމެން މުސްލިމުންގެ ތެޔޮ ވަޅު ތަކުން ވިޔަފާރިކޮށް ފައިދާ ލިބިގެން. އަދި އެތެޔޮވަޅު ތަކުން ވިޔަފާރި ކުރަނީ ހަމައެކަނި އެމެރިކާ ޑޮލަރަށް.

      31
      1
      • ހަމަހަމަ

        ގިނަ މީހުން ސައުދީއަށް ފާޑުކިޔަނީ އަމިއްލަ ޒިންމާއިން ބަރީއަވެ ހިތްހަމަޖައްސާލަން.

        ބައެެއްފަހަރު ފެންނާނެ ހަމަ މިމީހުންގެތެރެއިން ބަޔަކު ދެވެނަ ނޭވައިގައި އެމިރޭޓްސް އަށް ތައުރީފު ކުރާތަންވެސް.

  2. Anonymous

    މުސްލިމުންގެ ލޭކެކޭނެ

    39
    1
  3. ޙދޖ

    ސުބްޙާނަﷲ???

    29
  4. މީހެށް

    ސުބްހާނަﷲ ތި މީހާ މަރުވިތަ

    18
  5. ދާދާ

    ތިއީ ހާދަ ނުލަފާ މީހެކޭދޯ ހުރިހާކަމަކީވެސް ހަމަމިސަރުކާރު މިއީތޯތޯވާހަކައެއްނޫ