އިސްރާއީލުން މިއަދު ހެނދުނު ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލުމުން މަސްރަހު ހޫނުވެއްޖެ. ޣައްޒާގެ މުޖާހިދުން ގެންދަނީ ހުއްޓުމެއް ނެގި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން.

00:30

[live]ރައްދު ހަމަލާތައް ވަރުގަދަކޮށް އިސްރާއިލްގެ އަނިޔާވެރިކަން ހުއްޓުވުން ކުރިއަށް

22:54

ހަމާސްގެ ތަރުޖަމާނަކު ދެންމެ ވިދާޅުވީ ކޮމާންޑަރު ޝަހީދު ކޮށްލުމުން އަނިޔާވެރިންނަށް ދެމުން ގެންދާ ހަމަލާތައް އަދިވެސް ކުރިއަށްދާނެ ކަމަށް.

22:52

ހަމަލާތަކުން ސަލާމަތްވުމަށް އަޝްކެލަންގައި ހުންނަ ހުރިހާ ބިންގަރާހެއް ހުޅުވާލައިފި.

22:48

އިސްރާއީލްގެ އަޝްޑޮޑްގައި ކުއްލި ހާލަތު އިއުލާންކޮށްފި.

22:40

އިސްރާއީލްގެ އަޝްކެލަންގެ ސްކޫލްތައް މާދަމާ ވެސް ނުހުުޅުވަން ނިންމައިފި. އަޝްކެލަން އަކީ މިހާތަނަށް އެންމެ ގިނަ ރޮކެޓް އަމާޒުވި ސިޓީ.

22:39

އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ އިތުރު ހަތް މީހަކު ޒަހަމްވެއްޖެ.

22:33

ޣައްޒާ އިން އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ އަދަދު 190 އަށް އަރައިފި.

22:27

ރޮކެޓް ހަމަލާތަކުގެ ސަބަބުން އިސްރާއީލުން ފަރުވާ ދިން މީހުންގެ އަދަދު 46 އަށް އަރައިފި. މީގެ ތެރެއިން 23 މީހުންނަކީ ރޮކެޓް ހަމަލާތަކުން ސަމާލަތްވާން ދުވެފައި ދަނިކޮށް ވެއްޓިގެން އަނިޔާވި މީހުން.

22:06

ޣައްޒާގެ ހާން ޔޫނިސް އަވަށަށް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަގެންދޭ.

22:05

އިސްރާއީލުން ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީންގެ އިތުރު ދެމީހަކު ޝަހީދުކޮށްލައިފި. އެހެންކަމުން މިއަދު ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައި.

22:02

ފަލަސްތީން ގަޑިން މިރޭ 08:00 ގެ ފަހުން އިސްރާއީލްގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފާނެ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނެފި. މިހާރު ފަލަސްތީންގެ ގަޑިން ރޭގަނޑު 07:02

21:31

އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ފަލަސްތީންގެ ފަސް މީހަކު ޝަހީދުވެފައި ވާތީ އެކަމާއި ހިތާމަކުރާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި.

21:29

ޣައްޒާއިން އިސްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތައް އެމެރިކާ އިން އިސްރައީލަށް ކަނޑައަޅާފައި ހުންނަ ސަފީރު ފްރިޑްމަން ކުށްވެރިކޮށްފި. ނަމަވެސް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އޭނާ ކުށްވެރި ކޮށްފައެއް ނުވޭ. ފްރިޑްމަން ބުނީ އެމެރިކާ އޮންނަނީ އަބަދުވެސް އެމެރިކާ އާއި އެކުވެރި އިސްރާއީލާއި އެކުގައި ކަމަށް.

21:26

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް މިސްރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. މިސްރުން މެދުވެރިއެއްގެ ރޯލް އަދާކޮށް މަޝްވަރަތައް ކުރަމުން ގެންދަނީ އެމެރިކާ އާއި އީޔޫގެ ބައިވެރިވުމާއި ވެސް އެކުގައި.

21:25

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، އިސްރާއީލަށް އަމާޒުކޮށް ދެމުން ގެންްދާ ރޮކެޓް ހަމަލާތައް ޖަރުމަންވިލާތުން ކުށްވެރިކޮށްފި. ޖަރުމަންވިލާތުން ބުނީ ކުށެއްނެތް އާއްމުންނަށް ހަމަލާ ދިނުމަށް އެއްވެސް އުޒުރެއް ނުދެއްކޭނެ ކަމަށް. ހަމަލާތައް ބަދަކުކުރުން ހުއްޓާލުމަށް ޖަރުމަންވިލާތުން ވަނީ ގޮވާލާފައި.

21:10

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ މިއަދު މިހާތަނަށް ޣައްޒާގެ ފަސް މީހަކު އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް.

އެއީ އުމުރުން 42 އަހަރުގެ ބަހާ ސާލިމް އަބޫ އަލަތާ އާއި އޭނާގެ އަނބިމީހާ 39 އަހަރުގެ އަސްމާ މުހައްމަދުގެ އިތުރުން އުމުރުން 20 އަހަރުގެ މުހައްމަދު އަތިއާ މުސާލް ހަމޫދާ، އުމުރުން 25 އަހަރުގެ ޒަކީ މުހައްމަދު އަދުނާން އުމުރުން 26 އަހަރުގެ އިބްރާހިމް އަހްމަދު އަބްދުލް ލަތީފް.

21:07

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ ޣައްޒާގެ ހުރިހާ ސަރަހައްދަކުން އިވެމުންދަނީ އިސްރައީލްގެ ހަމަލާތަކުގެ އަޑު ކަމަށް. ވަފާ ބުނީ އިސްރާއީލްގެ ހަމަލާތައް ދަނޑުބިންތަކަށާއި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކުރަމުންދާ ކަމަށް.

21:05

20:46

ޣައްޒާ އިން އަނެއްކާވެސް އިސްރާއިލް އަށް ރޮކެޓު ހަމަލާތަކެއް ދޭން ފަށައިފި.

20:18

އިސްރާއިލުން ޣައްޒާގައި ހިންގާ ޖަރީމާތައް ޖޯޑަން އިން ކުށްވެރިކޮށްފި.

20:15

އިސްލާމިކް ޖިހާދް އާއި ހަމާސް : ކޮމާންޑަރު ޝަހީދު ކޮށްލުމުން ދޭ ބަދަލު ހިފުމުގެ ހަމަލާތައް އަދި މި ފެށުނީ.

19:56

ޣައްޒާގެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އިމްތިޙާންތައް ފަސްކޮށްފި.

19:38

ފަލަސްތީނުގައި ޒަހަމްވި މީހުންގެ އަދަދު 30 އަށް އަރައިފި.

19:38

މިއަދު މިހާތަނަށް އިސްރާއީލް 42 މީހަކަށް ވަނީ ފަރުވާ ދީފައި. އޭގެ ތެރޭގައި ރޮކެޓް ހަމަލާތަކުގައި އަނިޔާވި ފަސް މީހަކާއި، ރޮކެޓް ހަމަލާއެއް އަމާޒިވި ގެއެއްގެ ތެރޭގައި ހޭނެތިފައި އޮތް އަށް އަހަރުގެ ކުއްޖަކު ހިމެނޭ. އެ ކުއްޖާގެ ހާލު ސީރިއަސް.

އަދި އެ ހަމަލާތަކުގައި ސައިރެން އަޑާއެކު ސަލާމަތްވާން ދުވެފައި ބިންގަރާސްތަކަށް ވަންނަން ދަނިކޮށް އަނިޔާވި 20 މީހަކާއި، ހަަމަލާތަކުގެ އަޑި އިވުމުން ބިރު ގަތް 17 މީހަކު ހިމެނޭ.

19:30

އިސްރާއީލުން ދިން ހަމަލާއެއްގައި ޒަހަމްވި ފަލަސްތީނު މީހަކަށް ފަރުވާދެމުން ދަނިކޮށް ޝަހީދުވެއްޖެ. މިޔާއެކު ޝަހީދުވި ފަަލަސްތީން މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައި.

19:27

19:19

އިސްރާއީލުން މިހާރު ގެންދަނީ އަނެއްކާ ޣައްޒާއަށް ހަމަލާތައް ދެމުން.

19:17

ކާރުހާނާގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ
ކާރުހާނާގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ
ކާރުހާނާގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ
ކާރުހާނާގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ

19:15

މި ހަމަލާގައި ކޮމާންޑަރުގެ އަނބިކަނބަލުންވެސް ޝަހީދުވެފައިވާއިރު ދެ ދަރިކަލުންނަށް ދަނީ ފަރުވާދެމުން.

19:14

ޝަހީދުވި ކޮމާންޑަރުގެ ދަރިކަނބަލުން

19:12

އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ

18:56

އިސްރާއިލްގެ ސިފައިންތަކެއް ޒަހަމްވެފައި ވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކުރޭ. ނަމަވެސް އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނޭ.

18:53

އިސްރާއީލުން ބުނީ، ހަމަލާ ދިނީ އިސްލާމިކް ޖިހާދު އިން ބޭނުން ކުރާ ތިން ތަނަކަށް ކަމަށް.

18:52

އިސްރާއީލުން އެއް ގަމުން މަގުން ޣައްޒާއަށް ހަމަލާ ދީފި. ހަމަލާ ދީފައި ވަނީ ޓޭންކަރު ބޭނުންކޮށްގެން.

18:04

ކާރުހާނާގައި ރޯވެ އަނދަނީ

18:02

އިސްރާއީލުގެ ގެއަކަށް އަނެއްކާވެސް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. މި ހަމަލާގައިވެސް މީހަކަށް އަނިޔާއެއް ނުވޭ.

18:01

ހަމަލާތައް އަމާޒުވި ކާރުހާނާގައި 150 މުވައްޒަފުން މަސައްކަތް ކުރޭ. މި ހަމަލާގައި މީހަކަށް އަނިޔާވެފައި ނުވަނީ ހަމަލާއެއް އަމާޒުވެދާނެ ކަމަށް ބަލާފައި މިއަދު ކާރުހަނާ ބަންދުކޮށްފައި ހުރުމުން.

18:00

އިސްރާއީލްގެ ކާރުހާނާއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ނުކުރެވި އަދިވެސް ދަނީ އަނދަމުން.

 

17:46

17:43

އިސްރާއީލުގެ ގެއަކަށް ރޮކެޓު ހަމަލާއެއް އަމާޒު ވެފައި
އިސްރާއީލުގެ ގެއަކަށް ރޮކެޓު ހަމަލާއެއް އަމާޒު ވެފައި
އިސްރާއީލުގެ ގެއަކަށް ރޮކެޓު ހަމަލާއެއް އަމާޒު ވެފައި
އިސްރާއީލުގެ ގެއަކަށް ރޮކެޓު ހަމަލާއެއް އަމާޒު ވެފައި

17:16

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އިސްރާއީލިގެ ބޯޓުތަކުން ހަމަލާތައް ދެނީ.

17:12

17:00

ޝަހީދުވި މީހުންގެ އަދަދު 4 އަށް އަރާފައިވާއިރު، ޒަހަމްވި އަދަދު ވަނީ 27 އަށް އަރާފައި. އިސްރާއީލުން ޒަހަމްވީ މިހާތަނަށް ފަސް މީހުން. އޭގެ ތެރެއިން އަށް އަހަރު ކުއްޖެއްގެ ހާލު ސީރިއަސް.

16:59

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެެއްގައި އެކަކު ޝަހީދުވެ އިތުރު ދެ މީހަކު ޒަހަމްވެއްޖެ.

16:58

އިސްރާއީލްގެ ބަހަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެ ބަސް އަންދާ ހުލިވެއްޖެ. މި ހަމަލާގައި އެއްވެސް މީހަކު ޒަހަމްވި ކަމެއް އަދި ނޭގެ.

16:46

އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 25 އަށް އަރައިފި. ޝަހީދު ވެފައި ވަނީ ތިން މީހުން.

16:45

އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ޝަހީދުކުރަން ދިން ހަމަލާއަށް ފަހު - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ޝަހީދުކުރަން ދިން ހަމަލާއަށް ފަހު - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ޝަހީދުކުރަން ދިން ހަމަލާއަށް ފަހު - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ޝަހީދުކުރަން ދިން ހަމަލާއަށް ފަހު - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ޝަހީދުކުރަން ދިން ހަމަލާއަށް ފަހު - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ
އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ޝަހީދުކުރަން ދިން ހަމަލާއަށް ފަހު - ވަގުތު އިމޭޖެސް: ވަފާ އަލް އުދައިނީ

16:38

ޝަހީދުވި އިސްލާމިކް ޖިހާދުގެ ކޮމާންޑަރ

16:23

ނަތަންޔަހޫ: އަހަރުމެންނަށް ހަމަލާދޭ ކޮންމެ ބަޔަކާއި ކުރިމަތިލާނަން.

16:22

ޣައްޒާ އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ އަދަދު 150 އަށް އަރައިފި.

16:15

އަޝްޑޮޑް ނިޓްޒަންއަށް ރޮކެޓް ހަމަލާއެއް އަންނަ ކަމުގެ ސައިރެން ދަނީ އަޅަމުން.

16:07

16:00

އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް: ތައްޔާރުވަމުން މި ދަނީ ކަނޑާއި ވަޔާއި އެއްގަމު މަގުން ހަމަލާތައް ދޭން ޖެހިދާނެ ކަމަށް.

15:58

ނަތަންޔަހޫ: ހަމަނުޖެހުން އިތުރުވި ނަމަވެސް އިސްރާއީލުން ކަންބޮޑެއް ނުވޭ. އަހަރުމެން ދިފާއު ކުރުމަށް ކުރަން ޖެހޭ ކަންތައް ކުރާނަން.

15:57

ނަތަންޔަހޫ: އެންމެ ރަނގަޅު ވަގުތުގައި އަހަރުމެން އިސްލާމިކް ޖިހާދުގެ ކޮމާންޑާރު އަބޫ އަލް އަަޓާ ނައްތާލާފައި.

15:55

އިސްރާއީލުގެ ހައްދުފަހަނައަޅާފައި ވާ ބޮޑުވަޒީރު ނަތަންޔަހޫ މިހާރު ދަނީ ޓީވީ މެދުވެރިކޮށް ވާހަކަދައްކަމުން.

15:43

ޣައްޒާ ގެ ރައްޔިތުން މަސްވެރިކަން ކުރަން ކަނޑުމައްޗަށް ނުކުތުން އިސްރާއީލުން މަނާކޮށްފި.

15:41

ފަލަސްތީނުގެ މީޑިއާތަކުން ބުނީ ހަމަލާއަށްފަހު ފެކްޓަރީގައި ރޯވެ އަނދަމުންދާ ކަމަށް.

15:39

ޣައްޒާއިން ދިން ހަމަލާއެއްގައި އިސްރާއީލްގެ ފެކްޓަރީއަކަށް އަމާޒުވެއްޖެ. ސްޑެރޮޓްގެ ފެކްޓަރީއަށް ދިން ހަމަލާގެ މާބޮޑު ތަފްސީލެއް އަދި އެއް ނުލިބޭ.

15:31

15:25

އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ހުއްޓާލަން އެއްބަސްނުވާނެ ކަމަށް އިސްލާމިކް ޖިހާދުން ބުނެފި. އެ ޖަމާއަތުން ބުނީ، މިސްރު މެދުވެރިވެގެން ހަނގުރާަމަ ހުއްޓާލަން އެ ޖަމާއަތުން އެއްބަސްނުވާނެ ކަމަށް. މީގެ ކުރިން މަސްރަހު ހޫނުވާއިރު، ހަމަލާ ބަދަލު ކުރުން ހުއްޓާލަނީ މިސްރުމެދުވެރިއެއްގެ ރޯލް އަދާކޮށްގެން.

15:19

ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއްވެ ފަސް މީހަކު ވަނީ ޒަހަމްވެފައި.

15:18

އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަަނަށް ވަނީ ފަލަސްދީނުގެ ތިން މީހަކު ޝަހީވެ 18 މީހަކު ޒަހަމްވެފައި.

15:08

އިސްރާއީލްގެ ސްޑެރޮޓް އިން ހަމަލާ އެއް އަމާޒުވުމުގެ ކުރިން އަޅާ ސައިރަން ދަނީ އަޅަމުން.

15:05

އީޔޫ: ފަލަސްތީނުން އިސްރާއީލްގެ އާއްމުންނަށް ދޭ ހަމަލާތައް ބަލައިނުގަނެވޭނެ.

15:04

ހަމާސް އޮފިޝަލް ރަދްވާން: "ކަލޭމެން (އިސްރާއީލުން) އަލް ގުދުސް ބްރިގޭޑްސް (އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރި ގޮފި) ނައްތާލަން މަސައްކަތް ކުރާ ނަމަ އަޅުގަނޑުމެން ގައްސާމް ބްރިގޭޑްސް (ހަމާސް ޖަމާއަތުގެ ހަނގުރާމަވެރި ގޮފި) ތިބޭނީ އެކުގައި. އަޅުގަނޑުމެންނަކީ އެއްމާބަނޑު ދެބެއިން. އެ މީހުންގެ ލެޔަކީ އަހަރުމެންގެ ލޭ. އެއީ އެ މީހުންގެ ކޮމާންޑަރ، އެ މީހުންގެ ލެޔަކީ އަހަރެމެންގެ ލޭ"

15:01

އިސްލާމިކް ޖިހާދު ގްރޫޕް ލީޑަރު: ޝަހީދުވި ކޮމާންޑަރުގެ މަރުގެ ބަދަލު ހިފާނަން. ނަތަންޔަހޫ އާއި އޭނާގެ ލަޝްކަރުން މަރުގެ ބަދަލު ހިފާނަން.

14:57

ޝަހީދުވި ކޮމާންޑާގެ ޖަނާޒާ ގައި ހަމާސް އިން ބުނީ އެޖަމާއަތުގެ ހަނގުރާމަވެރި ގޮފި އޮތީ އިސްލާމިކް ޖިހާދާއެކު ކަމަށް.

14:51

ޣައްޒާ އަށް ދިން ހަމަލާ އަށް ފަހު މީހުން ސަލާމަތް ކުރަނީ
ޣައްޒާ އަށް ދިން ހަމަލާ އަށް ފަހު މީހުން ސަލާމަތް ކުރަނީ
ޣައްޒާ އަށް ދިން ހަމަލާ އަށް ފަހު މީހުން ސަލާމަތް ކުރަނީ
ޣައްޒާ އަށް ދިން ހަމަލާ އަށް ފަހު މީހުން ސަލާމަތް ކުރަނީ

14:48

ޣައްޒާ އިން އިސްރާއީލަށް ދިން ހަމަލާ އެއް

14:38

އިސްރީލަށް ލިބިފައިވާ ބައެއް ގެއްލުންތައް
އިސްރީލަށް ލިބިފައިވާ ބައެއް ގެއްލުންތައް
އިސްރީލަށް ލިބިފައިވާ ބައެއް ގެއްލުންތައް
އިސްރީލަށް ލިބިފައިވާ ބައެއް ގެއްލުންތައް

14:35

ޣައްޒާ އިން ފަލަސްތީނަށް ފޮނުވި ރޮކެޓް ހަމަލާތަކުގެ އަދަދު 100 އަށް އަރައިފި

14:34

ޝަހީދުވި ކޮމާންޑަރުގެ ޖަނާޒާ ކުރިއަށް ދަނީ
ޝަހީދުވި ކޮމާންޑަރުގެ ޖަނާޒާ ކުރިއަށް ދަނީ

14:33

ޝަހީދުވި ކޮމާންޑަރުގެ އާއިލާ ބައެއް މީހުން

14:31

އިސްލާމިކް ޖިހާދުން އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރީ ކޮމާންޑަރު ޝަހިދު ވުމުން.

14:30

އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ އަނބިކަނބަލުންނާއި ދަރިކަލުން ހިތާމަ ފާޅު ކުރަނީ

14:29

ޣައްޒާ އިން އިސްރާއީލަށް ހަމަލާތައް ދެނީ
ޣައްޒާ އިން އިސްރާއީލަށް ހަމަލާތައް ދެނީ

14:27

އިސްރާއީލުގެ އާޝްކެލޮންއަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެފައި
އިސްރާއީލުގެ އާޝްކެލޮންއަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެފައި

14:18

އިސްރާއީލުން ދިން ޑްރޯން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 2 ކަށް އަރައިފި.

14:16

ޣައްޒާ އިން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް ޔޫރަޕްގެ އިއްތިހާދުން ކުށްވެރިކޮށްފި. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި މެދު ވަކި އެއްޗެއް ނުބުނޭ. އީޔޫ އިން ބުނީ، މަސްރަހު އިތުރަށް ގޯސްނުވާނެ ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމަށް.

14:13

ފަލަސްތީނުގެ މީޑީއާތަކުން ބުނީ އެ ހަމަލާ އަމާޒުކޮށްފައި ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ފޮނުވަން ތައްޔާރުވަމުން ދިޔަ މުޖާހިދުން ތިބި ތަނަކަށް ކަމަަށް.

14:11

އިސްރާއީލުގެ ޣައްޒާ އަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު ޝަހީދުގެ އިތުރު ބަޔަކު ޒަހަމްވެއްޖެ.

14:07

"އިސްރާއީލުން ފަލަސްތީނަށް އަރައިގަތުން ހުއްޓުވަން މިހާރުން މިހާރަށް ބައިނަލްއަގްވާމީ މުޖުތަމައުން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ. ޣައްޒާގައި ތިބި އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރުމަށް ފަލަސްތީނުގެ ރައީސް ދަނީ މަސައްކަތް ކުރަމުން". ފަލަސްތީން ސަރުކާރުގެ ތަރުޖަމާނު

14:01

ފަލަސްތީނުގެ ސަރުކާރުން ބައިނަލްއަގްވާމީ އެހީއަށް އެދިއްޖެ.

13:48

އިސްރާއީލުގެ މޮޑިން ހަމަލާއެއް އަންނަ ކަމުގެ ސައިރެން އަޅަން ފަށައިފި

13:47

އިސްރާއީލްގެ ހައިވޭއަކަށް ރޮކެޓްް ހަމަލާއެއް އަމާޒުވެ، ބާރުގަދަ ގޮވުންތަކެއް ގޮވައިފި.

13:47

އެ ހަމަލާގައި އެގެއަށް ގެއްލުންވެފައިވާއިރު، މީހަކށް އަނިޔާވި ކަމެއް އަދި ނޭނގެ.

13:46

އިސްރީލްގެ ނެޓިވޮޓް ގެ ގެއަކަށް ރޮކެޓް ހަމަލާއެއް އަމާާޒުވެއްޖެ

13:45

13:23

އިނގިރޭސިވިލާތުން އިސްރާއިލާށް ދަތުރު ކުރުމުގައި ސަމާލުވާން އެދި ޓްރެވެލް އެޑްވައިޒަރީ ނެރެފި

13:20

ހުސްބިމަކަށް އަމާޒުވި އެ ހަމަލާއަށްފަހު އެ ސަރަހައްދު ދަނީ އަނދަމުން

13:19

ޣައްޒާ އިން މޯޓަރ ހަމަލާދީފި. ހަމަލާ އަމާޒުވެފައި ވަނީ ދެކުނު އިސްރާއީލަށް

13:17

އިޒްރާއިލްގެ ސްޑްރިއޮޓް ގެއަކަށް ހަމަލާ އަމާޒުވެފައި

13:14

ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދެނީ
ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދެނީ

13:06

އިސްރާއީލުން ބުނީ މިހާތަނަށް 50 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވާ ކަމަށާއި 20 ހަމަލާއެއް އަމާޒަށް ވާސިލްވުމުގެ ކުރިން އަޔަން ޑޯމް އިން ނާކާމިޔާބު ކޮށްލާފައިވާ ކަމަށް.

13:04

ރިޝަން ލެޒިއޮން އަށް ރޮކެޓް ހަމަލާއެއް އަމާޒުވެ ގެއްލުންތަކެއް ވެއްޖެ. އިސްރާއީލްގެ މީޑިއާތަކުން ބުނީ ހަމަލާތައް އަމާޒުވީ މަގަކަށް ކަމަށް.

13:02

އިސްރާއީލްގެ ގަން ޔަންވީ އަށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލް މީހަކު ޒަހަމްވެއްޖެ. ނަމަވެސް އޭނާ އަށް ސީރިއަސް ޒަހަމެއް ނުލިބުނު.

12:56

ޖޯޑަންގައި އިސްރާއީލާއި އެމެރިކާ މީހުންނަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު ދެމީހަކު ހައްޔަރުކޮށްފި. މި ދެމީހުން ހައްޔަރުކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ޖޯޑަންގެ ދައުލަތުގެ މީޑިއާ އިން ބުނޭ.

12:51

ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނީ އިސްރާއީލްގެ އަށް އަހަރުގެ އަންހެން ކުއްޖަކަށް.

12:43

ރޮކެޓް ހަމަލާއެއްގެ ސަބަބުން އިސްރާއީލް ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ. އެއީ ހޮލަން އަށް ދިން ރޮކެޓް ހަމަލާއެއްގައި ހޭނެތުނު ކުއްޖެއް. އާއިލާ އަށް އެކުއްޖާ ފެނުނީ ގޭތެރޭގައި ހޭނެތިފައި އޮއްވާ.

12:42

އިސްރާއީލުން ޝަހީދުކޮށްލާފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރ ބަހާ އަބޫ އަލް-އަތާ. އޭނާ ޝަހީދުވީ އިސްރާއީލުން މިއަދު ހެނދުނު ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި.

12:37

12:35

މަސްރަހު ހޫނުކޮށް ހަމަނުޖެހުން އުފެދުމުގެ އަޑީގައި އޮތީ އީރާން ކަމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން ބުނެފި. އިސްރާއީލްގެ ފޮނިން މިނިސްޓްރީން ބުނީ އިސްލާމިކް ޖިހާދަށް ފަންޑް ކުރަނީ އީރާނުން ކަމަށާއި އިސްލާމިކް ޖިހާދުން ގެންދަނީ އާއްމުންނަށް ހަމަލާ ދެމުން ކަމަށް.

12:30

އިސްރާއީލްގެ ހޮލޮން، ރިސޮން، ލެޒިއޮން އަށް ހަމަލާ އަމާޒުވެދާނެ ކަމުގެ ސައިރަން އެއަވަށްތަކުގައި އަޅަމުންދާ ކަމަށް "ޓައިމްސް އޮފް އިސްރާއީލް" އިން ބުނޭ.

 

12:28

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިސްރާއީލް އަސްކަރިއްޔާ އިން އިރުކޮޅެއް ތެރޭގައި ޓީވީ މެދުވެރިކޮށް ބަޔާނެއް ދޭނެ. މި ބަޔާނުގައި ޣައްޒާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރާނެ ކަމަށް ބެލެވޭ.

12:25

އިސްރާއީލްގެ އަޝްދޮދް ގައި އޮތް ކާރަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. މި ހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް އަދި ނުލިބޭ.

12:25

ކޮމާންޑަރުގެ ހަށިގަނޑު މިހާރު އޮތީ ޣައްޒާގެ ސިފާ ހޮސްޕިޓަލްގައި. އޭނާގެ ހަށިގަނޑު ފުރަތަމަ ގެންދާނީ އޭނާގެ ގެއަށް. އެއަށްފަހު ދެން ހަށިގަނޑު ގެންދާނީ އޮމާރީ މިސްކިތައް.

12:23

ޝަހީދުވި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުގެ ޖަނާޒާ ޣައްޒާގައި ފަށައިފި. ބެލެވޭ ގޮތުގައި ކޮމާންޑަރުގެ ޖަނާޒާއަށް ފަހު މުޖާހިދުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ.

12:22

އިސްރާއީލްގެ ވެރިރަށް ތެލްއަވީވް ހިމެނޭ ގޮތައް ނުވަ ސަރަހައްދެއްގެ ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކުރަން އިސްރާއީލްގެ އަސްކަރިއްޔާ އިން އަންގައިފި. މިސަރަހައްދުތަކުގައި 300 އަށް ވުރެ ގިނަ މީހުންގެ އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައި. އަދި ބައެއް ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ބައްދަލުވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައި.

12:20

މިއަދު މިހާތަނަށް ފަލަސްތީންގެ މުޖާހިދުން ވަނީ އިސްރާއީލަށް 50 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލާފައި.

12:18

އެންމެ ފަހުން އޮތް އިސްރާއީލްގެ އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ބްލޫ އެންޑް ވައިޓް ޕާޓީން ވެސް ބުނީ ޣައްޒާ އަށް ނަތަންޔާހޫ ހަމަލާ ދިނީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް. "އިސްލާމިކް ޖިހާދުގެ ކޮމާންޑަރު މަރާލަން ވަކި ވަގުތެއް ނެތް. އެކަމަކު ގަޑި ދިމާވެފައި މިއޮތީ ސިޔާސީ ފައިދާއެއް ހޯދަން ކުރި ކަމެއްގެ ގޮތުގައި." ބްލޫ އެންޑް ވައިޓް ޕާޓީގެ ބަޔާނުގައި ބުނެފައިވޭ.

 

12:15

އިސްރާއީލްގެ އަރަބި ސިޔާސީ ޕާޓީތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ނަތަންޔާހޫ ޣައްޒާ އަށް ހަމަލާދިނީ ސިޔާސީ މަންފާތަކެއް ހާސިލް ކުރަން ކަމަށް. "އަމިއްލަ އެދުމުން ފޯވެފައިވާ، އެންމެ ފަހުން ބޭއްވި ދެ އިންތިޚާބުގައި ވެސް ނާކާމިޔާބުވި މީހަކު މަސައްކަތް ކުރަނީ އޮފީހުގައި އިނދެވޭނެ ގޮތެއް ހޯދަން. ފާއިތުވި ދިހަ އަހަރު ކޮންމެ ދުވަހަކު އޭނާ ހޭލަނީ ވެސް ފަލަސްތީންގެ ބިންތައް ހިފައި ސުލްހައަށް ހުރަސް އެޅޭނެ ގޮތެއް ހޯދަން. އޭނާ މިއަދު ތަކުރާރު ކުރީ އެކަންތައް." ގުޅިފައިވާ ބަޔާނުގައި ބުނި.

12:12

ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާޢާތުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލުމުގެ އަދަބު އިސްރާއީލަށް ދޭން ޖެހޭނެ ކަމަށް. މަސްރަހު ހޫނުވުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އިސްރާއީލުން ކަމަށް ހަމާސް ޖަމާޢަތުން ބުނި.

12:10

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ އިސްރާއީލްގެ ހަމަލާއެއް ކޮންމެ ވަގުތަކު ވެސް ދިމާވެދާނެ ކަމަށް ޣައްޒާގެ ރައްޔިތުން ތައްޔާރުވެފައިވާ ކަމަށް. މިއަދު އިސްރާއީލްގެ ހަމަލާތައް އަމާޒުވެދާނެ ކަމަށް ލަފާކުރެވެތީ ޣައްޒާގެ ހުރިހާ ސްކޫލަކާއި ކޮލެޖެއް އަދި ސަރުކާރު އޮފީސްތަކެއް ބަންދުކޮށްފައިވާ ކަމަށް ވެސް ވަފާ ބުނި.

12:08

12:08

އިސްރާއީލާއި ދެކޮޅަށް ފަލަސްތީންގެ އިސްލާމިކް ޖިހާދުން ހަނގުރާމަ އިއުލާންކޮށްފިއެވެ.

އިސްލާމިކް ޖިހާދުން ބުނީ އެޖަމާޢަތުގެ އިސް ކޮމާންޑަރަކު އިސްރާއީލުން ޝަހީދު ކޮށްލުމަކީ ރަތް ރޮނގު ހުރަސް ކުރުން ކަމަށެވެ.

އިސްރާއީލުން ޝަހީދު ކޮށްލާފައި ވަނީ އިސްލާމިކް ޖިހާދުގެ އެންމެ އިސް އެއް ކޮމާންޑަރެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ައަލީބެ

  ސާބަހޭ ޣައްޒާ، ހިތްވަރު ކުރޭ. މާތް ﷲ ތިޔަބައިމީހުނަށް ނަސްރު ދެއްވާށި.

  86
 2. އެދުރު

  ވަގުތު ނޫހުގެ ޕްރެސް އެއް އެބައުޅޭތަ ޢައްޒާގައި

  45
 3. ހޫ

  ކޮމާޑަރަކު ޝަހީދު ކޮށްލީމަ މި ހޫނުވީ. މިއޮށް ހުރިހާ ދުވަހު އާންމުންނާ ކުޑަކުދިން މެރި އިރު ހޫނެއްނުވޭ.

  18
  29
 4. މަގޭ ޚިޔާލު

  ﷲ އަކުބަރު.. ޔާﷲ، ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދެއްވާންދޭވެ. އާމީން..

  82
  2
 5. ހޭޖެހޭ

  މަހަމަ ހައިރާން ވެއްޖެ ، ހަމާސް ވެއްޖެޔާ ވަކި ޖިހާދުކުރެވޭތަ ؟ އެމީހުން ވެސް ވާނީ ޓެރެރިސްޓް ބަޔަކަށް ނޫންތަ؟

  9
  68
  • ޓްވީޓް

   ތީ ޔަހޫދީ ޖާހިލް މީހެއްތަ. ޢަމިއްލަ ޤައުމާއި ދީނުގެ ދިފާއުގަ ހަނގުރާމަކޮށް ޖިހާދު ވުމަޖީ ޓެރަރިސްޓްވުންތަ.

   46
   3
   • ވިލާޔާ ފޭސްބުކް

    ޖާހިލުން ގިނަކަމާއެވެ!!!

 6. ކޮރެސްޕޮންޑެންޓް

  ވަގުތު ހަމަ ހަބޭސް.

  39
  1
 7. ވާޓް؟

  ޣައްޒާ އިން ފަލަސްތީނަށް ފޮނުވި ރޮކެޓް ހަމަލާތަކުގެ އަދަދު 100 އަށް އަރައިފި

  25
  1
 8. ޣާލް

  ޢިސްރާއީލް ބާގައިގެ ޔަހޫދީ ބައިގަނޑު ނެތިކުރައްވާ ފަލަސްތީނަށް ނަސްރު ދެއްވާށި

  58
  1
 9. ޖާބިރު

  އީޔޫ: ފަލަސްތީނުން އިސްރާއީލްގެ އާއްމުންނަށް ދޭ ހަމަލާތައް ބަލައިނުގަނެވޭނެ.
  އިސްރާޢީލު އުފައްދައި އެބައިމީހުން ބާރުވެރިކުރުވުމުން އެމީހުން ކޮންމެ ދުވަހަކު އެތަށް މުސްލިމުންނެއް ޝަހީދުކުރަމުން ފަލަސްތީނުގެ ބިންތައް ފޭރެމުން ތަންތަން ހަލާކުކޮށް ހުޅުޖަހަމުން މުސްލިމް ޙަޟާރަތު ނެތިކުރަމުން ދިޔައިރު މި ނުލަފާ އީޔޫ އޮތީ ނިދާފައި.
  މިއަދު ޣައްޒާއިން ބާރެއްނެތް ދެ ހަމަލާއެއް އިސްރާޢީލަށް ފޮނުވިއިރަށް އަމިއްލަ ކަރުގައި ވަޅިއެޅިގެން އުޅޭ ކުއްތާއެއްހެން އީޔޫ ތެދުވެ މިކަން ކުއްވެރި ކުރާއިރު ލަދެއްނުގަނޭ.

  42
 10. އަލީ

  މުސްލިމުން ނަސްރާ ކާމިޔާބު

  46
 11. ބޮޑޭ

  ރީނދޫ ބައިގަނޑު ވަރަށް އުފާވާނެ. ކެނެރީގެ ޔަހޫދީ ކަލޭގެ ބައިގަނޑު