23:57

އިންޑޮނޭޝިޔާ އިން ނެރުނު ސުނާމީގެ އިންޒާރު އުވާލައިފި

22:06

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބިންހެލުން އައީ މާލެ އާއި 5875 ކިލޯމީޓަރު ދުރަށް ކަމަށް.

22:01

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނާ ގޮތުގައި ގެއްލުން ބޮޑު ސުނާމީއެއް އުފެދުމުގެ ފުރުސަތެއް މިހާރު ނެތް.

22:00

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު އިންޒާރު ކެންސަލް ކޮށްފި. ނަމަވެސް އަދިވެސް އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާ އިން ނެރުނު އިންޒާރު ކެންސަލެއް ނުކުރޭ.

21:59

ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ އުތުރުގައި އޮންނަ މުލަކޫ ނަމަކަށް ކިޔާ ރަށެއްގެ ކައިރިން ކަނޑުގެ އަޑިއަށް. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 62 ކިލޯމީޓަރު އަޑިއަށް.

21:51

ސުނާމީގެ އިންޒާރު ނެރުނީ ބިންހެލުން އައި ސަރަހައްދާއި 300 ކިލޯމީޓަރު ދުރަށް. އެހެންކަމުން ސުނާމީގެ ނުރައްކަލެއް ދިވެހިރާއްޖެއަކަށް ނެތް. ނަމަވެސް މި ބިންހެލުމާއި ގުޅިގެން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ.

21:50

އިންޒާރުގައި ބުނެފައި ވަނީ ގެއްލުންބޮޑު ސުނާމީއެއްގެ ރާޅުތަކެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށް.

21:49

އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވެސް ވަނީ ސުނާމީގެ އިންޒާރު ނެރެފައި.

އިންޑޮނޭޝިއާ އަށް 7.4 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމާއި ގުޅިގެން ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ.