އެމެރިކާގެ އަލަސްކާ ސްޓޭޓް އަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި އަލަސްކާ ޕެނިންސިއުލާ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އަައިސްފައެވެ.

ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައިވަނީ 9.3 ކިލޯމީޓަރު (5.78 މޭލު) އަޑިން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ސުނާމީ އިންޒާރުދޭ ނިޒާމުން ސުނާމީގެ އިންޒާރު ވަނީ ދީފައެވެ.

އަލަސްކާ އަކީ ސިސްމިކްލީ އެކްޓިވް ޕެސިފިކް ރިންގް އޮފް ފަޔާގެ ބައެކެވެ.

1964 ވަނަ އަހަރުގެ މާރިޗް މަސް ތެރޭގައި އަލަސްކާއަށް 9.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައެވެ. މިއީ އުތުރު އެމެރިކާގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ. އޭގެ ސަބަބުން އެންކަރޭޖް ހަލާކުވެ، ގަލްފް އޮފް އެލަސްކާ އާއި އެމެރިކާގެ ހުޅަނގު އައްސޭރިފަށާއި ހަވާއީ ހިސާބުގައި ސުނާމީއެއް އުފެދުނެވެ.

އަދި އެފަހަރުގެ ބިންހެލުމާއި ސުނާމީގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަދިވެސް އުޅޭ ޤުރްއާން އެންދުން މެކުހަށް ޖަހަން ﷲ އަށް ބިރެއް ނެތިގެން.
    ޔާﷲ އެތާނގެ މުސްލިމުން ރައްކާތެރި ކުރައްވާށި އާމީން

    38
    2
  2. މީޒްލީ

    އިސްލާމްދީނަށް ގޮންޖަހާ އާލާތުން! ތިޔަކަމާ ދެކޮޅަށް އަޅެއް ކަމެއް ކޮައްބަލަ ތިޔަހާ ގަޓް ހުރީއްޔާ! ތިޔަ ޓެކް އަދި މިލިޓަރީ ބޭނުންކޮއްގެން އެންމެ ލިޓަރެއްގެ މިންވަރު ވެސް ކޮންޓްރޯލް ކޮއްލަބަ! ހެހެހެހެ

    17
    1