ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރަމުން އަންނަތާ އެތައް އަހަރެއް ފަހުން ހައްޔަރު ކުރި އެމެރިކާގެ ބިލިއަނަރު ޖެފްރީ އެސްޓެއިން އަމިއްލައަށް މަރުވީ ނޫންކަމަށާއި ވަރަށް ބޮޑެތި ސިއްރުތަކެއް އޭނާ އަށް އެނގޭތީ ބަޔަކު ގަސްދުގައި އޭނާ މަރާލީ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

ޖެފްރީ ހައްޔަރުކޮށް ޖަލުގައި ބަހައްޓާފައި ހުއްޓާ ވަނީ މަރުވެފައެވެ. އެމެރިކާގެ އިދާރާތަކުން ބުނެފައި ވަނީ ޖެފްރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

ރަޝިއާގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި އަސަދު ބުނީ ޖެފްރީ އަށް ވަރަށް ގިނަ ސިއްރުތަކެއް އެނގޭތީ ބަޔަކު ވަނީ އޭނާ މަރާލާފައި ކަމަށެވެ.

"އޭނަ މަރާލީ ވަރަށް ގިނަ ސިއްރުތަކެއް އޭނާ އަށް އެނގޭތީ. އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ އެތައް ސިއްރެއް އޭނާ އަށް އެނގޭ. ފަހަރެއްގައި އެހެން ގައުމުތަކުގެ ވެރިންގެ ސިއްރުތަކެއް ވެސް އޭނާ އަށް އެނގިފައި އޮތުން ގާތް." އަސަދު ވިދާޅުވިއެވެ.

އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ޖެފްރީގެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއްވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ޖެފްރީ އަކީ ވަރަށް އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކާއި ގާތް ގުޅުމެއް ބާއްވަމުން އައި މީހެކެވެ. ޖެފްރީގެ ގާތް ރަހުމަތްތެރިންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޖް ހިލަރީ ކްލިންޓަން ފަދަ ބޭފުޅުން ހިމެނެއެވެ.

ޖެފްރީގެ މަރާއި ގުޅިގެން ސުވާލު އުފައްދާ ބައެއް މީހުން ބުނެފައި ވަނީ ޖެފްރީ މަރާލާފައި ވަނީ ކުޑަކުދިންނާއި ޖިންސީ ގުޅުން ހިންގި މަތީ މަގާމުތައް ފުރަމުންދާ މީހުންގެ މައުލޫމާތު އޭނާ ޝަރީޢަތުގައި ހާމަކޮށްފާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯކިބާ

    އެޕްސްޓެއިން ގޭގައި އެތައް ކުޑަކުދިންނަކަށް އަނިޔާކޮށްގެން ޖަލަށްލާފަހުރީ. އެގޭގަ އުޅުުނު އެކަކީ އިނގިރޭސިވިލާތުގެ ޕުރިންސު އެންޑުރޫ. ނަށީދު ސަރުކާރު ހަދައިގެން އުޅުނުއިރު އެސޮރު ގެނެސްގެން ރަސްމީ އިއްޒަތުގަ ގެންގުޅުނު. އައްޑުއަށްވެސް ގެންދިޔަ. މިހާރު މިއެނގެނީ ބޭރުތަންތަނުންވެސް މިނަށީދުމެނާ ގުޅުން އޮންނަނީ ހަމަ ތާކުންތާކުނުޖެހޭ ޖޯކަރުންނާކަން.

    16
    3
    • ސާބަހޭ

      ކޮންފަދަ ސަޅި މައުލޫމާތުކޮޅެއް. ޗަބުނީ ހަމަ ކަންއޮތް ގޮތަށް. ނަޝީދުއަށް ވަރަށްކަމުދާ ކުޅިއެއް އެއީ. އަދި އެވާހަކަތައް މާލެތެރޭ ފަޅާނާރަނީ. ސޯލިހުއާ މިކަލޭގެގެ ފައިނަލް ތަޅާލުމުގަ ހީވަނީ އެލެކްސް އޮރިޔާން ވާނެހެން. އިންޝާﷲ

      12
      4
  2. ސޫދޫލް

    ހުސްނުސޫދު ތަޙްޤީޤު ކޮށްފަ ބުނާއެއްޗެއް މަ ގަބޫލުކުރާނީ... ތިވެސްވާނީ ދީނީ ކަށިހަރު މީހުން ކުރުވި ކަމަކަށް...

    8
    3
  3. މަރު ގައިމު

    ކޮބާ އެމްޑީއެން ރިޕޯޓު ނެރުނު މީހުންނަށް ހަގީގަތް ފެނޭތަ.