އަވަށްޓެރި ލަންކާގައި މަރުގެ އަދަބު ދިނުން ލަސްކުރަން އެޤައުމުގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ މިގޮތަށް މަރުގެ ހުކުމް ފަސްކުރަން ސްޕްރީމް ކޯޓުން ފަސްކުރި 3 ވަނަ ފަހަރެވެ.

ޑްރަގުގެ ކުށުގައި ކުށްވެރިފައިވާ ހަތަރު މީހަކަށް މަރުގެ އަދަބު ދޭން ނިންމާ ކުރި ހުކުމް އޭރުގެ ލަންކާގެ ރައީސް ސިރިސޭނާ މިދިޔަ ޖޫން މަހުގެ ތެރޭގައިވަނީ ތަޝްދީދުކޮށް، ސޮއިކޮށްފައެވެ. ނަމަވެސް މިމައްސަލައިގައި ސްޕްރީމް ކޯޓަށްވަނީ ގިނަ ބަޔަކު ޕެޓިޝަންތަކެއް ލާފައެވެ. މިއާއެކު ލަންކާގެ ހައިކޯޓުންވަނީ މިމައްސަލަ ވަކި ގޮތަކަށް ނިމެންދެން މަރުގެ އަދަބު ދިނުން އޮކްޓޯބަރު 29 ހަމައަށް ލަސްކޮށްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް މިމުއްދަތު މިހިނގާ ޑިސެންބަރު މަހު 29 ވަނަ ދުވަހަށްވަނީ އިތުރުކޮށްފައެވެ.

މަރުގެ އަދަބާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި 19 ޕެޓިޝަނާ ގުޅިގެން މިހާރު މިމުއްދަތު މާރިޗް މަހުގެ 20 ވަނަ ދުވަހާއި ހަމައަށްވަނީ އިތުރުކޮށްފައެވެ.

މަރުގެ ޙުކުމާ ދެކުޅު ބައެއް ފަރާތްތަކުން ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ މަރުގެ އަދަބު ހަމައެކަނި 4 މީހުންނަށް ދިނުމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއެކު ކަން ކުރުމަށް ޤާނޫންގައި އޮންނަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި އަދި މިއީ އިންސާނިއްޔަތު ކަމާއި ވެސް ޚިލާފު ކަމެއް ކަމަށެވެ.

ލަންކާގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒްކޮށްފައިވަނީ މީގެ 40 އަހަރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު