މުސްލިމުންގެ އެންމެ މުގައްދިސް އެއް ބިން ކަމުގައިވާ ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާ ތެރޭގައި އިސްރާއިލް ފުލުހުން ވަރަށް ރަހުމް ކުޑަކަމާއި އެކު މިއަދު އަންހެނުންތަކަކަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މުސްލިމުންގެ އަމިއްލަ މިސްކިތެއް ކަމުގައިވާ އަލް އަގްސާގެ ގޯތި ތެރޭގަައި އެ އަންހެނުން ތިއްބައި ބެލެވޭ ގޮތުގައި އިސްރާއިލް ސިފައިން އެމީހުންނަށް އަނިޔާ ކޮށްފައި ވަނީ އެތަނުން ފައްސާލުމުގެ ބޭނުމުގައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އިސްރާއިލް ސިފައިން ވަނީ އެއްވެސް ރަހުމެއް ހަމްދަރުދީ އެއް ވުމެއް ނެތި އެ އަންހެނުންތަކުގައި ގައިގައި ހިފައި ބިންމައްޗައް ވައްޓާލުމުގެ އިތުރުން އެމީހުންގެ ގައިގައި ކޮޅުފައިވެސް ތަޅާފައެވެ.

އިސްރާއިލް ސިފައިން މިއަދު އެރި އިރާއިއެކު ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަތުމުގެ މަސައްކަތުގެ ދަށުން ވަނީ ވެސްޓް ބޭންކުގެ 6 އާއިލާ އެއްގެ ގެ ސުންނާފަތި ކޮށްލައި އެ ގެތަށް ހުރި ސަރަހައްދު އިސްރާއިލް ރައްޔިތުންގެ ގެދޮރު އެޅުމަށްޓަކައި ފޭރިގެންފައެވެ. އަދި ފަލަސްތީނުގެ ރަސް އަލްއުޖާ ގައި 70ށް ވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތި ކޮށްލައި އެ ގެތަކުގެ އަހުލުވެރިން ގަދަކަމުން އެ ސަރަހައްދުން ފައްސާލާފައެވެ.

މީގެ އިތުރުންވެސް ފަލަސްތީނުގެ އެކި ހިސާބުތަކަށް ޔަހޫދީ ސިފައިން ފޮނުވައި ފަލަސްތީނުގެ ރައްޔިތުންނަށް ބިރު ދައްކައި، އެމީހުން ފައްސާލުމުގެ މަސައްކަތް ކުރަން އުޅުނު ނަމަވެސް، ފަލަސްތީނު ގިނަ ރައްޔިތުންތަކެއް ވަނީ އިސްރާއިލް ސިފައިންނާއި ކުރިމަތިލާފައި ކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނެއެވެ.

ތިރީގައި އެވަނީ އިސްރާއިލް ސިފައިން މުސްލިމުންނަށް އަނިޔާ ކުރާ ވީޑިއޯގެ މަންޒަރެވެ.