ކަޝްމީރުގެ ޕާކިސްތާނާއި ވީ ފަޅި އިންޑިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމައި، އެބައި ހޯދަން މަސައްކަތް ކުރުމުގެ އަމުރު ކޮށްފިނަމަ އެކަން ކުރާނެ ކަމަށް އިންޑިއާ އަސްކަރިއްޔާގެ އިސް ވެރިޔަކު ބުނެފިއެވެ.

އިންޑިއާ އަސްކަރިއްޔާގެ ވެރިޔާ ކަމުގައިވާ ޖެނެރަލް މަނޯދް މުކުންދް ނަރްވާނޭ އޭނާގެ މަގާމާއި ހަވާލުވުމަށްފަހު ދިން ފުރަތަމަ އިންޓަވިއުގައި ބުނެފައި ވަނީ އިންޑިއާ އަސްކަރިއްޔާ އޮތީ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރު ފަޅި އިންޑިއާގެ ބާރުގެ ދަށަށް ގެންނަން ޖެހިއްގެ ހާލަތެއްގައި އެކަން ކުރުމަށް ތައްޔާރަށް ކަމަށެވެ.

މަނޯދް މިހެން ބުނެފައި މިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސުބްރަހްމަންޔަން ޖައިޝަންކަރު މީގެ 5 މަސް ކުރިން ޕާކިސްތާނުގެ ކަޝްމީރު އިންޑިއާގެ ބާރުގެ ދަށަށް ކޮންމެވެސް ދުވަހަކުން ގެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އިންޑިއާ އަސްކަރިއްޔާގެ ވެރިޔާ މަނޯދް

"ގާނޫނު ހަދާ މަޖިލީހުން އެކަން ކުރަން ބޭނުންވެގެން އެކަމުގެ އަމުރު އަހަރެމެންނަށް ލިބޭ އިރަށް ކަޝްމީރު އިންޑިއާ ބާރުގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތް ފަށާނަން" މަނޯދް ބުނެފައިވެއެވެ.

1947ވަނަ އަހަރު އިންޑިއާ އިނގިރޭސިވިލާތުގެ އަތްދަށުން މިނިވަންވި އިރު އިންޑިއާގެ ބައެއް ވަނީ ވަކިކޮށް، ޕާކިސްތާނުގެ ނަމުގައި ވަކި ގައުމެއް ކަމަށް ކަނޑައަޅާފައެވެ. މިގޮޮތަށް ވަކި ކުރުމުގެ ތެރޭގައި ކަޝްމީރުގެ ބައެއް އިންޑިއާ އަދި ޕާކިސްތާނަށްވެސް ލިބިފައި ވާއިރު، ދެ ގައުމުންވެސް ދެކޭ ގޮތުގައި ކަޝްމީރަކީ އެ ގައުމުގެ ބައެއް ކަމަށެވެ.

ޒަމާނުންސުރެ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހަމަނުޖެހުންތައް އުފެދިފައި ވާއިރު، އެ ދެ ގައުމު ވަކި ކުރާ "ލައިން އޮފް ކޮންޓްރޯލް" އަކީ ދުނިޔޭގައި އެންމެ ވަރުގަދަ އަށް ފޯރިމަރާ އެއް ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ. މި ދެ ގައުމުންވެސް ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އިރުގައި ދޭތެރެ ދޭތެރެއިން ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ބަޑީގެ ހަމަލާތައް ބަދަލު ކުރާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑެއިލް

    ރާއްޖެވެސް އޮތީ ތިކަހަލަ ގޮތަކަށް ހިފަން ޕްލޭންކޮށްފަ. ކޮންމެވެސް ދުވަހަކުން ތިކަން ކުރާނެ

    73
    7
  2. ފިތުނަ

    އިނގިރޭސީން ދުނިޔޭގެ ތަންތަން ހިފާ މީހުން އަޅުވެތިކޮށް މުދާ ފޭރި ހަދާފަ އަރާ ފައިބައިގެން ދިޔަ އިރު ދިޔައީ ތަންތަން ބައިބައިކޮށް ފަޅާ ކުދިކޮށް މެދު ރޮނގު އަޅާ ރޮނގުތައް މަތީ ފިތުނަ ގަނޑެއް ރޯކޮށްފަ. އަދި އަދަށް ދާންދެން ޤައުމުތަކުން އުޅެނި އެކަމުން ސަލާމަތް ނުވެގެން.. އެއީވާ ފިތުނަވެރި ނުބައި ބައެއް

    43
  3. ޑދދ

    ޢިތުރަކަށް ހިފާނެތަނެއް ރާއްޖެއަކު ނެތް!

    35
    3
    • އަލިފު!

      ވަރަށް ރަނގަޅު ވާހަކައެއް! ބެސްޓް ވާހަކައެއް!

      7
      2
  4. ާުއައިޝާ

    މޮޔަގޮލައެއްދޯ!

    7
    2
  5. ބުއްޅަބޭގެ ދަރި މޯދީ

    ރާއްޖެ މިއޮތީ ހިފާފަ! ދެކުނާ މެދާ އުތުރުގަ ރާޑަރުބަހަށްޓައިގެން 500 ސިފައިން ހަތިޔާރާއެކު އެތިބީ! ދުވަހަކުވެސް މިގައުމުން އެމީހުން ނުފައުބާނެ!

  6. މޯދީ

    އަމުރުކޮށްފިއްޔާމު ޕާކިސްތާނުންވެސް އިންޑިޔާގެ ކަޝްމީރު ބައި ހިފާނެ!

    14
    2
  7. ށަޒަން

    ޢެ މީހިންވެސް އިންޑިއާގެ ބައިވެސް ނަގަންޖެހިއްޖެނަވެސް ނަގާނެ ފިޔޮކޭތަ ތިކިޔަނީ!

    10
    2
  8. ޛޖސހ

    ރާޢްޖެ މިހާރުވެސް އެއޮތީ އިންޑިއާ މީހުންގެ އަތްދަށުގައި. މިއަހަރު ސްކޫލްތަކަށް ޓީޗަރުން ފޮނުވަނީ އިންޑިޔާއިން އިންޓަވިއުކޮށްފައި. މިތަނަށް އަންނާނީ މިލިޓަރީ މީހުން އައިސް ތިބޭނީ.
    ހުރިހާވެސް މައްސަލަޔަކީ ދިވެހިން މަސައްކަތުގެ ދާއިރާއިން ދުރުވެ ބޭރުމީހުންނަށް ހުރިހާ ކަމަކަށް ބަރޯސާވުން.

  9. ސަޒަން

    އަނގައޮތީމަ ކޮންމެ އެއްޗެކޭވެސް ކިޔަންވީ އެކަމަކު އެއީ ކުރެވޭނޭކަމެއްނޫން އަދި ކޮއްގެން އޭގެ ނަތީޖާވެސްވެސް ވަރަށް ހިތިވާނެ..... އަހަރެންވެސް ބުނެފާނަން އަމުރުކޮށްފިނަމަ އެމެރިކާވެސް ހިފާނަމޭ! ތި އިންޑިއާއަކީ އިންޑިއާ ކަނޑުގެ ހަލާކު..... އިންޑިއާ ކަނޑު މިނަންވެސްބަދަލުކުރަންފެނޭ މީ މިމީހުން ބޮޑާވެގަންނަ ކަމަކީ އިންޑިއާ ބޮޑުކަމުން އަދި ބޯގިނަކަމުން އެއުޅެނީ ނުބެލެހެއޓިގެން އެވަރުންވެސް ކަސްމީރު މިނިވަންވާންފެސް ފުރުސަތެއްނުދޭ މުހަންމަދު އަލީ ޖިނާހެ އެހެދީ ރަނގަޅައް ޕާކިސްތާން ނުއުފެދުނުނަމަ ކިހާމުސްލިމުންނެއް މެރީސް