އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފިއެވެ.
މި ހަމަލާ ދީފައިވަނީ ދާދި ދެންމެއަކު، އިރާގުގައި ހުންނަ ބަލަދް އަސްކަރީ މަރުކަޒަށެވެ. އެހަމަލާގައި އެ ބޭސް އަށް އަމާޒުވެފައިވަނީ ހަތް މޯޓަރު ބޮމެވެ. އަދި ބޮންތައް އަމާޒުވެފައިވަނީ އެ މަރުކަޒުގައި ހުރި ރަންވޭއަކަށް ކަމަށާއި އެހާދިސާގައި ބަޔަކަށް އަނިޔާއެއް ވި ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މިހާދިސާ ދީފައިވަނީ ކޮން ބައެއް ކަމެއްވެސް އަދި ޔަގީން ކުރެވިފައި ނުވެއެވެ. ނަމަވެސް މި ހަމަލާ އެ މަރުކަޒަށް އަމާޒުވެފައި މިވަނީ އެމެރިކާއާއި އީރާނާ ދެމެދު މައްސަލަތަކެއް ޖެހި އެ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މީގެ ކުރިން އީރާނުންވެސް ވަނީ އެމެރިކާ ސިފައިން ތިބޭ އިރާގުގެ އަސްކަރީ ދެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.
އިރާގުގެ މި ބޭސްއަށް ދިން ހަމަލާއާ ގުޅޭ ގޮތުން އެގައުމުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ހަމަލާ އަމާޒުވިކަން އެނގިފައިވާ ކަމަށާއި އެ ހަމަލާގައި އެ މަރުކަޒަށް ވެއްޓިފައިވަނީ 8 މޯޓަރު ބޮން ކަމަށެވެ. އަދި އެ ހަމަލާގައި އިރާގު ސިފައިންގެ 4 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
އީ ރާނައް ހަމަލާދޭން ކެ ރޭ ބަޔަކު މި ދުނިޔޭގައި ނޯންނާނެ.. ތަންދޮ ނުދަންނަ މަންމަނުން ހީ ކޮއް ލަނީ ޔޫއެސް އީ ރާން ފަނާ ކޮށް ލާނޭ ކަމަށް..
ޔޫއެސް ގެ 2 ބޭހައް ދިން ހަމަލާ އަކީ އިންޒާ ރު ގެޟޮޓެއް އެއީ އީ ރާން ގެ އަސްކަރީ އެންމެ އާދައިގެ މިސައިލް. އެޔާ އެކީ ޔޫއެސް އޮތީ ބި ރުން.....
الحمد لله