އީރާނުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓު، ޕެންޓަގަން ބްލެކް ލިސްޓުކޮށް، އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައި ނިންމި ނިންމުން ތަންފީޒު ކުރަން ފަށައިފިއެވެ.
އީރާނުން ޕެންޓަގަން ބްލެކް ލިސްޓު ކުރަން ނިންމީ މިމަހުގެ ހަތް ވަނަ ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެ މަޖިލީހުގައި ޕެންޓަގަން ބްލެކް ލިސްޓުކުރަން ނިންމި ނިންމުމަށް އެގައުމުގެ ރައީސް، ހަސަން ރޫހާނީ ވަނީ ތަސްދީގުކުރައްވައި، އެ ބިލު ތަންފީޒު ކުރުމުގެ ކަންކަން ވީހާވެސް އަވަހަށް ކުރުމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އަންގާފައެވެ.
އީރާނުގެ މަޖިލީހުން އިއްޔެ މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެ ބިލުގައި ވަނީ ޕެންޓަގަނުގެ ހުރިހާ މެމްބަރުންނާއި އެ އިދާރާއާ ގުޅިގެން ހިންގާ ވިޔަފާރިތަކާއި އެންމެހާ ތަންތަނާއި ސުލައިމާނީ އަވަހާރަކޮށްލަން އޯޑަރު ދިން ކޮމާންޑަރުން ބްލެކް ލިސްޓުކޮށްފައެވެ.
އެ ބިލު އީރާނުގެ ގާޑިއަން ކައުންސިލް އޮފް ކޮންސްޓިޓިއުޝަން އިންވެސް ވަނީ އެންޑޯޒް ކޮށްފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް އީރާނުން ވަނީ ހުޅަނގު އޭޝިއާގެ އެމެރިކާގެ ސެންޓްރަލް ކޮމާންޑު ފޯސް އަކީވެސް ނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައަޅާފައެވެ. އެގައުމުން އެގޮތަށް ނިންމީ އެމެރިކާއިން އެގައުމުގެ ރިވޮލިއުޝަނަރީ ގާޑަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.
ހަމަ ސާބަސް އިރާނަށް، އެބަތަކު މިނުނު ނާޅިއަކުން މިނަމުން ގެންދިއުން ގޯހެއްނޫން
މުޅި އެމެރިކާ ސަރުކާރަކީ ޓެރަރިސްޓުންކަމުގައި ކަނޑައަޅަންޖެހޭ. އެ މީހުންނާމެދު ޢަމަލުވެސް ކުރަންޖެހޭނީ ޓެރަރިސްޓުންނާމެދު ޢަމަލު ކުރާގޮތަށް