ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 56 އަށް އަރައިފިކަން ޗައިނާ އިން ކަށަވަރު ކޮށްދީފިއެވެ.

ޗައިނާ ސަރުކާރުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 56 އަށް އަރާފައި ވާއިރު ކޮރޯނާވައިރަސް ޖެގިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1975 އަށް އަރާފައެވެ.

ކޮރޯނާވައިރަސް އަދިވެސް ވަރަށް ބާރަށް ފެތުރެމުންދާއިރު ޗައިނާ އިން ވަނީ ޗައިނާގެ ބައެއް ސިޓީތަކުން މީހުން އެހެން ސިޓީތަކަށާއި އެހެން ގައުމުތަކަށް ދަތުރު ކުރެވެން ހުރި ހުރިހާ މަގެއް ބަންދުކޮށްފައެވެ. ނަމަވެސް އަދިވެސް އެހެން ގައުމުތަކުން ކޮރޯނާވައިރަސް ފެނުން ވެސް ހުއްޓުވިފައެއް ނުވެއެވެ.

ޗައިނާގައި ކޮރޯނާވައިރަސް ޖެހިފައި ތިބި މީހުންނަށް ހާއްސަ ހޮސްޕިޓަލްތަކެއް އެޅުމުގެ މަސައްކަތް އެގައުމުން މިހާރު ދަނީ ކުރަމުންނެވެ. މިފަދަ ފުރަތަމަ ހޮސްޕިޓަލް ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު ހުޅުވާނެއެވެ.

ޗައިނާ އިން އުއްމީދުކުރަނީ ކޮރޯނާވައިރަސްއަށް ހާއްސަ ހޮސްޕިޓަލްތަކެއް ބިނާ ކުރެވުމުން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް މިކަމަށް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު