ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު ކަން ނޭނގި މިހާރު 27 ދުވަސް ވެދާނެ ކަމަށް ޗައިނާގެ ސަރުކާރުން ބުނެފިއެވެ.

ދާދި ފަހުން ޗައިނާއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުން އެ ބަލި ހުރި ކަން އެނގިފައިވަނީ 27 ދުވަސް ފަހުންކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އުމުރުން 70 އަހަރުގެ އެ ފިރިހެން މީހާ އަށް ބަލި ޖެހިފައިވަނީ ހުބެއި ޕްރޮވިންސްގެ ޝެނޮންޖިއާ ގައި ދިރިއުޅެމުން އަންނަ އޭނާގެ ދައްތަ ކައިރިއަށް ދިޔަ ފަހުން ކަމަށް މީޑީއާތަކުން ވަނީ ބުނެފައެވެ. އޭނާގެ ދައްތަ ކައިރިއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 20 ވަނަ ދުވަހު އޭނާ ހުން އައިސްގެން ޓެސްޓް ހެދި އިރު ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މީގެ ކުރިން ކޮވިޑް 19 ބަައްޔާއި ގުޅޭ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ މި ބަލި ޖެހުނު ކަން އެނގޭނީ 14 ދުވަސް ފަހުން ކަމަށެވެ.

މިގޮތަށް ބަލި ދެނެގަންނަން ގިނަ ދުވަސް ވާ ވަރަކަށް ފިޔަވަޅު ނޭޅި މަރުވާ ވާ މީހުން ގިނަ ވާނެ ކަމަށް ސިއްހަތާއި ބެހޭ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

ނޭވާލާ ނިޒާމް އެއްކޮށް ދަށްކޮށްލާ މި ބަލީގެ ސަބަބުން މިހާތަނަށް ބަލި ޖެހިފައިވާ ގައުމުތަކުން ވަނީ 2000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މި ވައިރަސް ފުރަތަމަ ފެނުން ޗައިނާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރޯނާ

    ޗއިނާއިން ގެނައި ކުދިންނާ ޝައްކުވެގެން ކަރަންޓީނު ކުރި މީހުން ގައިގަ އެބަލި ނެއްކަން ކަށަވަރު ކުރީ ކިހިނެއްހެއްޔެވެ.